ބިޔޯންސޭއަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ޖިންސު މީޑިއާއަށް އަދިވެސް ކަށަވަރު ނުވޭ

އެމެރިކާ މަޝްޙޫރު ޕޮޕް ލަވަކިޔުންތެރިޔާ ބިޔޯންސޭ ނޯލްސްއާއި އޭނާގެ ފިރިމިހާ މަޝްޙޫރު މިއުޒިކް ޕްރޮޑިއުސާ ޖޭ ޒެޑްއަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ. އެ ދެކުދިންގެ ޖިންސެއް އަދި މީޑިއާއަށް ކަށަވަރ...

19 Jun 2017 | 04:15

އެމެރިކާ މަޝްޙޫރު ޕޮޕް ލަވަކިޔުންތެރިޔާ ބިޔޯންސޭ ނޯލްސްއާއި އޭނާގެ ފިރިމިހާ މަޝްޙޫރު މިއުޒިކް ޕްރޮޑިއުސާ ޖޭ ޒެޑްއަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ. އެ ދެކުދިންގެ ޖިންސެއް އަދި މީޑިއާއަށް ކަށަވަރުވެފައެއް ނުވެ އެވެ.

ރިޕޯޓުތައް ބުނާގޮތުން ބިޔޯންސޭގެ ފިރިމިހާ ޖޭއާއި އެ ދެމީހުންގެ ފަސް އަހަރުގެ ދަރިފުޅު  ބްލޫ އައިވީ ލޮސް އޭންޖަލްސްގެ ހޮސްޕިޓަލު ކައިރިން ފެނިފައިވެ އެވެ.

އަލަށް ލިބުނު ދެކުދިންގެ ޖިންސު ކަށަވަރު ނުވާއިރު، ޙަބަރު ބެލުމަށް ފާރައަށް ތިބި މީޑިއާގެ ފަރާތްތަކަށް މިދިޔަ ހުކުރު ދުވަހު ބިޔޯންސޭ ބާއްވާފައި އޮތް ލޮސް އޭންޖަލަސް ހޮސްޕިޓަލަށް އަންހެނަކު ފިޔާތޮށި، ދަނބު އަދި ނޫކުލައިގެ މާބޮނޑިއަކާއެކު، ބޭބީ ކުއްޖެއްގެ ފޫޓް ޕްރިންޓް އިންނަގޮތައް ހުންނަ ދެ ފުއްޕާހަމެއް ހިފައިގެން ވަންނަތަން ވަނީ ފެނިފަ އެވެ. އެތަނުން އެއް ފުއްޕާހަމުގައި "ބޭބީ ބޯއި" އަދި އަނެއް ފުއްޕާހަމުގައި "ބޭބީ ގާލް" ޖަހާފައި އިނެވެ.

ގްރޭމީ އެވޯޑު ހޯދާފައިވާ ބިޔޯންސޭ އޭނާ އެއްބާނޑު ދެ ކުދިންނަށް ބަލިވެ އިންކަން ހާމަކުރީ މިދިޔަ ފެބްރުއަރީ މަހު އޭނާގެ ރަސްމީ އިންސްޓަގުރާމްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް