ގްރީންލޭންޑަށް އެރި ސުނާމީގައި ހަތަރު މީހަކު ގެއްލިއްޖެ

ރެކްޓާ މިންގަނޑުން ހަތަރެއްގެ ބާރުމިނުގައި އިއްޔެ ގްރީންލޭންޑަށް އައި ސުނާމީގައި ހަތަރު މީހަކު ގެއްލިއްޖެ އެވެ. އެ މީހުން ގެއްލިފައިވާ ވަނީ އެ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި ރަށް ކަމަށްވާ ނުގަތްސ...

19 Jun 2017 | 03:45

ރެކްޓާ މިންގަނޑުން ހަތަރެއްގެ ބާރުމިނުގައި އިއްޔެ ގްރީންލޭންޑަށް އައި ސުނާމީގައި ހަތަރު މީހަކު ގެއްލިއްޖެ އެވެ.

އެ މީހުން ގެއްލިފައިވާ ވަނީ އެ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި ރަށް ކަމަށްވާ ނުގަތްސިއާގުންނެވެ. ނުގަތްސިއާގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، 11 ގެއެއްވަނީ ބިމާ ހަމަވެފަ އެވެ.

އެ ޤައުމުގެ ފުލުހުންދަނީ ކާރިސާގައި ގެއްލުން ލިބު ފަރާތަތްކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ނުގަތްސިއާގުގައި ދިރިއުޅޭ 39 މީހަކު މިހާރުވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ނުގަތްސިއާގެ އިތުރުން ދެ ރަށަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ކާރިސާގައި ގެއްލުނު ލިބުނު ފަރާތަތްކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑެންމާކުންވެސް ވަނީ ޚާއްޞަ ޓީމެއް ގްރީންލޭންޑަށް ފޮނުވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް