މާލީގެ ރިސޯޓަކަށް ދިން ބަޑީގެ ހަމަލާއެއްގައި ދެ މީހުން މަރުވެއްޖެ

ދެކުނު އެފްރިކާގެ ޤައުމެއް ކަމަށްވާ މާލީގެ ވެރިރަށުގައި އޮންނަ ރިސޯޓަކަށް ދިން ބަޑީގެ ހަމަލާއެއްގައި ދެ މީހަކު މަރުވެއްޖެ އެވެ. ދެކުނުގެ ޤައުމުތަކުގެ މީހުންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައި އެ ރިސޯޓަށް ...

19 Jun 2017 | 01:06

ދެކުނު އެފްރިކާގެ ޤައުމެއް ކަމަށްވާ މާލީގެ ވެރިރަށުގައި އޮންނަ ރިސޯޓަކަށް ދިން ބަޑީގެ ހަމަލާއެއްގައި ދެ މީހަކު މަރުވެއްޖެ އެވެ.

ދެކުނުގެ ޤައުމުތަކުގެ މީހުންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައި އެ ރިސޯޓަށް ދިން އެ ހަމަލާއާއި ބެހޭގޮތުން ރޮއިޓާސްއަށް މަޢުލޫމާތުދެއްވަމުން އެ ޤައުމުގެ ސެކިއުރިޓީ މިނިސްޓްރީގެ ސްޕޯކްސް ޕާސަން ބާބާ ސިސޭ ވިދާޅުވީ، އިއްޔެ ދިން އެ ހަމަލާގައި ފްރެންޗް ގަބޮނީސްގެ ރައްޔިތަކު މަރުވެފައިވާ ކަމަށެވެ. ދެން މަރުވި މީހާގެ ޤައުމެއް އަދި ކަށަވަރު ނުވާކަމަށް ވިދާޅުވި އެވެ.

މާލީގެ ސިފައިންނާއި ފަރެންސޭސީވިލާތުގެ ސިފައިން އެ ޙަމަލާ ދިން ވަގުތުން ފެށިގެން އަންނަނީ އެ ސަރަޙައްދުގައި ފޯރިމަރަމުންނެވެ. ސިސޭ ވިދާޅުވީ އެ ރިސޯޓުގައި ތިބި 32 މީހަކު މިހާރު ސިފައިންގެ އެހީތެރިކަމާއެކު ރިސޯޓުން ސަލާމަތްކޮށް ރައްކާތެރިކަން ދީފައިވާކަމަށެވެ.

މާލީގެ ސިފައިން ނެރު ބަޔާނެއްގައި ބުނެފައިވަނީ ދެ މީހަކު ޒަޙަމްވެފައިވާ ކަމަށެވެ. އެއީ އެ ޤައުމުގެ ރައްޔިތަކާއި ސިފައިންގެ މީހެއް ކަމަށެވެ. ސިފައިންގެ އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެއީ ޓެރަރިސްޓު ހަމަލާއެއްކަމަށާއި، ޙަމަލާދިން މީހުންގެ ތެރެއިން އެއް މީހަކު ޒަޙަމްވެފައިވަނިކޮށް ފިލާފައިވާ ކަމަށެވެ. ސިފައިން ބުނީ އެ ޙަމަލާދިނުމުގައި އަމަލީގޮތުން ތިނެއް ނުވަތަ ހަތަރު މީހަކު ބައިވެރިވެފައިވާ ކަމަށެވެ.

މާލީއަކީ ޓެރަރިސްޓު ޙަމަލާތައް ވަރަށް ޢާންމު ޤައުމެކެވެ. 2015 ވަނަ އަހަރު ނޮވެންބަރު މަހުގެ ތެރޭގައިވެސް މާލީގެ ރިސޯޓަކަށް ޙަމަލާދީ 20 މީހުން މަރާލާފައިވެ އެވެ. އެ ޙަމަލާގެ ޒިންމާވަނީ އަލް ޤައިދާ ޖަމާޢަތުން ނަގާފަ އެވެ. އެ ޙަމަލާއާއި ގުޅިގެން ވަރަށް ފަހަކާއި ޖެހެންދެން އެ ޤަމުގައި ކުއްލި ޙާލަތުވެސް އިޢުލާނުކޮށްފައި އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް