ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރި މީހުންގެ ވަނަވަރު އާންމު ކޮށްފި

ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހުންގެ ފޮޓޯއާއި އެމީހުންގެ ވަނަވަރު، ފުލުހުން އާންމު ކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައިގާ ޖުމްލަ ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގަ...

18 Jun 2017 | 19:29

ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހުންގެ ފޮޓޯއާއި އެމީހުންގެ ވަނަވަރު، ފުލުހުން އާންމު ކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގާ ޖުމްލަ ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު، އަމަލީގޮތުން ޔާމީން ރަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނަކީ މ. ތާއިފް އިސްމާއިލް ރަޝީދު (25އ) އާއި ހ އަންނާރުމާގެ އިސްމާއީލް ހައިޝަމް ރަޝިދު (21އ) އާއި މ އިރާމިސްކުގެ އަހްމަދު ޒިހާން އިސްމާއީލް (22އ) ކަމަށެވެ.

މިރޭ ހާމަކުރި މައުލޫމާތުތަކުގައި ފުލުހުން ބުނެފައިވަނީ މި މީހުންގެ ތެރޭގައި ހިމެނޭ ހ އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދަކީ ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ މައްސަލައެއްގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި އޭނާއަކީ ފޭރުމުގެ މައްސަލައަކާއި ގުޅިގެން ހުކުމެއް ތަންފީޒުކޮށްފައިވާ މީހެއް ކަމަށެވެ. މީގެ އިތުރުން މ ތާއިފް އިސްމާއިލް ރަޝީދަކީ ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމުގައިވެސް ފުލުހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް