މާލޭގެ މަގުތަކަށް ގަވައިދާ ހިލާފަށް އުކާލާފައިވާ، 68 ލޮރީގެ ކުނި ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ މާލޭގެ މަގުތަކަށް ގަވައިދާ ހިލާފަށް އަޅާފައިވާ ގިނަ ކުނިތަކެއް މިއަދުގެ ހެނދުނު 11:00 އާ ހިސާބަށް ނަގާފައިވާ ކަމަށެވެ. މަގުތަކަށް އަޅާފައިވާ ކުނި އުކާލުމުގެ މަސައްކަތުގައި ހައުސިން މިނިސްޓްރީގެ 50 މުވައްޒަފަކާއި 12 ވެހިކަލް ހަރަކާތްތެރިވި އެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި މިއަދު ހެނދުނު މާލޭގެ މަގުތަކަށް އުކާލާފައިވާ ކުނިތަކުގެ ތެރޭގައި ސޯފާ އާއި ލަކުޑިފަދަ އެއްޗެހި ވެސް ހިމެނެ އެވެ.
ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވީ މަގުތަކަށް ނެރެފައިވާ ކުނި އުކާލުމަށް މިނިސްޓްރީން ކުރިޔަށް ގެންދިޔަ ޕްރޮގްރާމް ނިމިފައިވާ ކަމަށާއި މިހާރު ކުނި އަޅަނީ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި އެގޮތަށް ކުނި އަޅަމުންދަނީ މާލޭ މަގުތައް ސާފު ތާހިރުކޮށް ސަރުކާރުން ބަލަހައްޓަމުންދާތީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ.
ކުނި އުކަިއިދިނުމަށް ހައުސިންގ މިނިސްޓްރީން ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގެ ދަށުން ކުނި އުކާލަދިނުމަށް 400 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރިއިރު، އެ އެންމެންނަށް ހިދުމަތް ދިން ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް