މިހާރު ނެރޭ ކުންޏަކަށް ޒިންމާއެއް ނުވާނަން، ކުނި އަޅަނީ އިދިކޮޅު މީހުން

މިހާރު މާލޭގެ މަގުތަކަށް އަޅަމުންދާ ކުންޏަށް ޒިންމާ ނުވާނެ ކަމަށް ހައުސިންމިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މުއިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރަމަޟާން ...

19 Jun 2015 | 06:22

މިހާރު މާލޭގެ މަގުތަކަށް އަޅަމުންދާ ކުންޏަށް ޒިންމާ ނުވާނެ ކަމަށް ހައުސިންމިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރަމަޟާން މަހަށް މާލޭގެ ގެތައް ސާފުކުރުމުން އުފެދޭ ކުނި އުކާލައި ދިނުމުގެ ހަރަކާތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު މަގުމައްޗަށް ނެރޭ ކުންޏަށް ސަރުކާރުން ޒިންމާ ނުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު މަގުމައްޗަށް އަޅާ ކުންޏަކީ ސަރުކާރުން މާލޭގެ މަގުތައް ސާފުތާހިރުކޮށް ބަލަހައްޓަމުންދާތީ އިދިކޮޅު ފަރާތްތަކުން އަޅާ ކުނި ކަމަށެވެ.

ހައުސިން މިނިސްޓްރީ އާއި އެންވަޔަރަންމެންޓް މިނިސްޓްރީ އާއި ފުލުހުން އަދި ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތައް ގުޅިގެން، ރަމަޟާން މަހަށް މާލޭގެ ގެތައް ސާފުކުރުމުން އުފެދޭ ކުނި އުކާލައި ދިނުމުގެ ހަރަކާތް ހިންގާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ނެވެ.

މާލޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާއިރު އެ ސަރަހައްދުތަކުގައި ވަނީ ނުބައިވަސް ހިފާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް