ބ. އަތޮޅުގައި ޑެންގީ ހުން ފެތުރޭތީ ސަމާލުވާން އަންގައިފި

ބ. އަތޮޅުގެ ބައެއް ރަށްރަށުގައި ޑެންގީ ހުން ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް އެ އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފި އެވެ. ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ކޮންމެ އަހަރަކުވެސް މިދުވަސްވަރު މަދިރީގެ ޒަރ...

19 Jun 2015 | 05:52

ބ. އަތޮޅުގެ ބައެއް ރަށްރަށުގައި ޑެންގީ ހުން ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް އެ އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ކޮންމެ އަހަރަކުވެސް މިދުވަސްވަރު މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވަމުންދާ ކަމަށާއި އެހެންކަމުން މަދިރިން ސަލާމަތްވުމަށް މަދިރި މަދުކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ޑެންގީ ހުމާއި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި މަދުކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށް އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

ޑެންގީ ޖެހިގެން އެއްވެސް މީހަކު މިހާތަނަށް ސީރިއަސްވެފައި ނުވިނަމަވެސް ބ. އަތޮޅުގެ ބައެއް ރަށްތަކުން ޑެންގީއަށް ޕޮޒިޓިވް ވެދާނެފަދަ އަލާމާތްތައް ފެންނަލެއް އިތުރުވެފައިވާ ކަމަށް އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ރާއްޖޭގައި މިދުވަސްވަރު ޑެންގީ ހުމާއި ވައިރަލް ހުން ފެތުރޭ މިންވަރު އިތުރުވަމުން ދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މަދިރި މަދުކުރުމަށް ފެން ހަރުލާފައި ހުންނަ ތަކެތި ނައްތާލައި ކުނި ފަދަ ތަކެތި ޑަސްބިންތަކަށް އެޅުމުގެ އިތުރުން އެތަކެއްޗަށް ފެން ނޭޅޭ ގޮތަށް ބަންދުކޮށްފައި ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް