އަސުރާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ވަދަވެ ކަނޑުތައް ގަދަވާނެކަމަށް މި ރީނދޫ ...

19 May 2025 | 08:10

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ވަދަވެ ކަނޑުތައް ގަދަވާނެކަމަށް މި ރީނދޫ ސަމާލުގައި މެޓުން ލަފާކޮށްފައިވެއެވެ.

ރީނދޫ މި ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ސަމާލު ނެރެފައިވަނީ ހެނދުނު 11:30 އިން ފެށިގެން މެންދުރުން އަނބުރާ 03:30 އާއި ދެމެދުގެ ވަގުތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް