ގޮއިދޫގައި އެއް ޖިންސުން ގުޅުން ހިންގުމުގެ ދަޢުވަތުދެމުންދިޔަ ބިދޭސީ ޓީޗަރަކު ރަށުން ބޭރުކޮށްފި

ބ. ގޮއިދޫގައި އެއް ޖިންސުން ގުޅުން ހިންގުމުގެ ދަޢުވަތު އެ ރަށުގެ ގިނަ ބަޔަކަށް ދެމުންދިޔަ ބިދޭސީ ޓީޗަރަކު އެ ރަށުން ބޭރުކޮށްފިއެވެ. ގޯރީ ޝަންކަރު ނަމަކަށް ކިޔާ އެ ބިދޭސީ ފިރިހެން ޓީޗަރު، އެ ރަށު ރައްޔ...

19 May 2025 | 05:30

ބ. ގޮއިދޫގައި އެއް ޖިންސުން ގުޅުން ހިންގުމުގެ ދަޢުވަތު އެ ރަށުގެ ގިނަ ބަޔަކަށް ދެމުންދިޔަ ބިދޭސީ ޓީޗަރަކު އެ ރަށުން ބޭރުކޮށްފިއެވެ.

ގޯރީ ޝަންކަރު ނަމަކަށް ކިޔާ އެ ބިދޭސީ ފިރިހެން ޓީޗަރު، އެ ރަށު ރައްޔިތުންގެ ބަޔަކު ނިކުމެ އަތުލައިގަތީ އެފަދަ ދަޢުވަތެއް އެ ރަށުގެ މީހަކަށް ދިނުމަށްފަހު އިންތިޒާރުގައި ހުއްޓައެވެ.

އެ ރަށުގެ ރައްޔިތުންވަނީ އޭނާ އަތުލައިގަނެ ހޮނިހިރު ދުވަހުގެ ރޭ ފުލުހުންނާއި ހަވާލުކޮށްފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ އެ ރަށުން ބޭރުކޮށްފައެވެ.

އެ ރަށުން ދުވަހަށް މަޢުލޫމާތު ހިއްސާކުރި މީހަކު ބުނީ ބިދޭސީ އެމީހާ އެ ރަށުގެ ގިނަ ފިރިހެނުންތަކަކަށް އެ ޒާތުގެ މެސެޖުތައްކޮށް ދަޢުވަތު ދީފައިހުރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް