ކަޔަކެއްގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަނީ

ރިސޯޓެއްގައި ކަޔަކެއްގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން މިއަދު ...

19 May 2024 | 12:54

ރިސޯޓެއްގައި ކަޔަކެއްގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން މިއަދު ހެނދުނު ކަޔަކެއްގައި މުދަށް ފޭބި ބިދޭސީއަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބިގެން ހޯދަމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެމީހާއަކީ ރިސޯޓު ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހެއް" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެމީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު 3:30 ހާއިރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް