އަނބަކަސް ގޮބަކަސް ގޮބޮޅިއަކަސް މިދުވަސްވަރު އޮތީ ތެޅުން !

ހަމަ ކުއްލިއަކަށް ތެޅުމުގެ ޓްރެންޑެއް ދިވެހިންގެ މެދުގައި މިވަނީ ފެށިގެންގޮސްފައެވެ. އަނބަކަސް ތަޅަނީއެވެ. ގޮބަކަސް ތަޅަނީއެވެ. ޅަ ގޮބޮޅިއަކަސް ތަޅަނީއެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކަށް ބަލައިލާއިރ...

19 May 2024 | 09:38

ހަމަ ކުއްލިއަކަށް ތެޅުމުގެ ޓްރެންޑެއް ދިވެހިންގެ މެދުގައި މިވަނީ ފެށިގެންގޮސްފައެވެ. އަނބަކަސް ތަޅަނީއެވެ. ގޮބަކަސް ތަޅަނީއެވެ. ޅަ ގޮބޮޅިއަކަސް ތަޅަނީއެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކަށް ބަލައިލާއިރު މި ތެޅުންތައް ނޫން ކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިފަހަރު އަނބުމޫސުން އައިސް އަނބުތައް ކިރިޔާ ހަރުވެލިއިރު ޓިކްޓޮކުން ފެންނަމުންދިޔަ "މަސާލާ މެންގޯ" ޓްރެންޑް ދިވެހިން ތިބީ އަޖުމަބަލައިލަން ކެތްމަދުވެފައިކަން ސޯޝަލް މީޑިއާގައި ޕޯސްޓްކުރާ ފޮޓޯ، ވީޑިއޯތަކުން ފެނެއެވެ.

https://www.facebook.com/kada.eh.noon/videos/3780869902165486/

ހުތް އަނބާއި ޅަ އަނބުގައި ޅިޔަ އަޅައި އޭގައި ލޮނުލައި، ލޮނުމިރުސްލައި ކޮތަޅެއް ނުވަތަ ފޮތިގަނޑަކަށް އަދި ނުވިތާކަށް ވިއްސާރަ ކުޑައިގެ މަތިފޮތިގަނޑު ނަގައި އެއަށް އަޅައިގެން ގާގަލުގައްޔާއި އަތު އެބައެއްގެ އަތު ޖެހުނު އެއްޗަކުން ތަޅަނީއެވެ. ތަޅާތަޅާ އޭގެ މަސާލާ ގަނޑާއި އަނބާ މިކްސްކޮށްލަނީއެވެ. ތެޅުން ނޫންކަމެއް ނެތެވެ. އެގޮތަށް އަނބު ތަޅައިގެން އެ އަނބުން އަނބު މަޖާ ހެދުން އިތުރުވެގެން އަންނައިރު މި ޓްރެންޑްގެ ތެރެއަށް ގޮބާއި ގޮބޮޅިވެސް ކުންނާރުވެސް އަދި ބިލިމަގާއި ކާމަރަނގަވެސް މިވަނީ އިތުރުވެގެން ގޮސްފައެވެ.

https://www.facebook.com/kada.eh.noon/posts/pfbid02cPJm6QiuZAQszoQnzFunJva7e7oGX177q4J2e7duWd48AEJVwL1LHnaewnLVUzbbl?__cft__[0]=AZX7mEX29I5jyxwhqsipbhyAulqMDTAe8DO1u3iv-tNJmx-x3aNRNn3MWee7iZbVMiDYU_wsiUEUEtpsvJjjqXwTkqSHVr386oxFz4-171Hbl_bOFw8S7mKJ0m2Mnvn-XncKa-3zOSab9H2JsrXnQu-Za5BPrPDGF3p0d-R4TZh9y2lV2Rz9EOEwrk7A92xjRewZf1NG6szvO6nmZzt0SHIu&__tn__=%2CO%2CP-R

އަނބުމަޖާ ހެދުމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުންއައިކަމެއްނަމަވެސް އަނބު ތެޅުމާއިއެކު އަނބުމަޖާ ޓްރެންޑް މިވަނީ ޒަމާނީ އާ ޓްރެންޑަކަށް ބަދަލުވެގެންގޮސްފައެވެ. މި ޓްރެންޑުގެތެރޭގައި އަނބު ނުތަޅާ މީހަކު މަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް