ވަޔާއި ކަނޑު ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ އިތުރަށް، ވަޔާއި ކަނޑު ގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ރީދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ހއ އަތޮޅުން ފެށިގެން އދ އ...

19 May 2024 | 09:07

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ އިތުރަށް، ވަޔާއި ކަނޑު ގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ރީދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރީދޫ ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:00 އިން ހަވީރު 17:00 އަށެވެ.

ރާއްޖޭގެ ދެކުނުގައި ކޮޅިގަނޑެއް އުފެދިފައިވާއިރު އަދި ހުޅަނގު މޫސުމުގެ ބާރު ރާއްޖެ ސަރަހައްދުގައި ގަދަވެފައިވާއިރު މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް