ވަރކް ވިސާގެ ޚިދުމަތަށް ލުއިފަސޭހަ ބަދަލުތަކެއް ގެނެސްފި

ވަރކް ވިސާގެ ޚިދުމަތަށް ލުއިފަސޭހަ ބަދަލުތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ގެނެސްފިއެވެ. އިމިގްރޭޝަނުން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގ...

19 May 2024 | 06:20

ވަރކް ވިސާގެ ޚިދުމަތަށް ލުއިފަސޭހަ ބަދަލުތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ގެނެސްފިއެވެ.

އިމިގްރޭޝަނުން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، އިމިގްރޭޝަންގެ ޚިދުމަތްތައް ވެސް މިގޮތަށް ބައްޓަންކޮށް ކުރުމަށް ކުރަމުންދާ މަައްޖަތުގެ ތެރެއިން ގެނައި ލުއި ފަސޭހައެއް ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އޮންލައިންކޮށް "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ނިންމަވާފައިވާ ކަަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ނެގުމަށްޓަކައި "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ފަހެއް ނުވަތަ އެއަށްވުރެ މަދު ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނަންގަވާނީ، ހެނދުނު 9:00 އިން 10:30 އާއި ދެމެދުގައި ކަމަށެވެ. އަދި މި ނަންބަރު ތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް ކަމަށެވެ.

މީގެ އިތުރުން ހައެއް ނުވަތަ އެއަށްވުރެ ގިނަ ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނަންގަވާނީ، މެންދުރު 11:30 އިން 12:30 އާއި ދެމެދުގައި ކަމަށާއި މި ނަންބަރު ތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރު 1:15 އިން 03:00 އަށް ކަމަށް ބުނެއެވެ. އަދި ނަންބަރު ނެގުމަށްޓަކައި ސަބްމިޝަން ރިސިޓްގައި ހިމެނޭ ޕީ.ޕީ.އެޗް ނަންބަރ އަދި ބޮކްސް ނަންބަރު ޖެހުމަށްފަހު، ސަބްމިޝަން ރިސިޓް އަޕްލޯޑް ކޮށްލުމުން ނަންބަރު ނެގޭނެއެވެ. އަދި އެއް ޕީ.ޕީ.އެޗް ނަންބަރު ނުވަތަ އެއް ބޮކްސް ނަންބަރަށް ވުރެ ގިނައިން ވެސް މި ބައިގައި ޖެހިދާނެއެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ވީހާވެސް އަވަސް، ލުއިފަސޭހަ ޚިދުމަތްތަކެއް ހޯދޭނެ މަގު ފަހިކޮށްދީ، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް