އަރބަންކޯ އިން ޕާޓްނަރެއެއްގެ ގޮތުގައި ހަރަކާތްތެރިވާ ރެޑްބުލް ހާފް ކޯޓް ބާސްކެޓްބޯލް މުބާރާތް އިއްޔެ ފަށައިފިއެވެ.
މިކަން ހާމަކޮށް އަރބަންކޯ އިން މިއަދު ބުނީ މުބާރާތް ކުރިއަށް ގެންދަނީ ހުޅުމާލޭގެ ބާސްކެޓްބޯލް ކޯޓުގައި ކަމަށެވެ.
އަދި މި މުބާރާތަކީ ދުނިޔޭގެ 29 ގައުމަކުން ބައިވެރިވާ ބޮޑު މުބާރާތެއްގެ ކޮލިފައިން ރައުންޑްތަކެއް ކަމަށާއި ހުޅުމާލޭގައި ބާއްވާ މާލެ ސިޓީ ކޮލިފައިން އަށް ފަހު ނެޝެނަލް ފައިނަލްސް އިން ހޮވޭ ޓީމަކަށް އިންޓަނޭޝަނަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.
އާބަންކޯ އިން ބުނީ މި މުބާރާތް އިއްޔެ ހަވީރު ފެށުނު އިރު މުބާރާތް ކުރިއަށް ދާނީ މި މަހުގެ 20 ވަނަދުވަހުގެ ނިޔަލަށް ކަމަށެވެ.
އަރބަންކޯއަކީ އަބަދުވެސް ޒުވާނުންގެ ކުރިއެރުމާއި، ކުޅިވަރުތަކަށް ހުޅުމާލޭގައި ފުރުސަތު ދިނުމަށް މަސައްކަތްކުރަމުން އަންނަ ކުންފުންޏަކަށް ވާއިރު، މި މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީވެސް އެ މަގްސަދުގައި ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.
މި މުބާރާތަކީ ބާސްކެޓްބޯލް ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ހުނަރުވެރިކަން ކުރިއެރުވުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް