މާލޭގައި ކުޑަ ދެކުއްޖަކު އަރުވައިގެން ސައިކަލު ދުއްވި ދެމީހަކު ހިފަހައްޓާ ޖޫރިމަނާކޮށްފިއެވެ.
ކުޑަ ދެ ކުއްޖަކު އަރުވައިގެން ދެމީހަކު މާލޭގައި ދެމީހަކު ސައިކަލު ދުއްވާފައިދާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ވައިރަލްވެފައިވެއެވެ. ބެލެވޭ ގޮތުގައި އެއީ އިންޑިއާއަށް ނިސްބަތްވާ ބައެކެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންނާއި ސުވާލުކުރުމުން ފުލުހުން ބުނީ ދެމީހުންނަށްވުރެ ގިނަ މީހުން ސައިކަލަށް އަރުވައިގެން ދިޔަ މީހަކު ފުލުހުން މިއަދު ހުއްޓުވި ކަމަށާއި އަދި ސައިކަލު ދުއްވި ބިދޭސީ މީހާ ޖޫރިމަނާކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް