ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހެލްތު ސްކްރީނިން ޕްރޮގްރާމެއް

ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު މި މެއި މަހުގެ 12 ވަނަ ދުވަހު ފުރިފައިވާއިރު، އެ ދުވަސް ފާހަގަކުރުމަށްޓަކައި އަރބަންކޯއިން ވަނީ ގިނަ ހަރަކާތްތަކެއް އިންތިޒާމްކޮށްފައެވެ. އޭގެ ތެރެއިން ...

19 May 2023 | 09:28

ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު މި މެއި މަހުގެ 12 ވަނަ ދުވަހު ފުރިފައިވާއިރު، އެ ދުވަސް ފާހަގަކުރުމަށްޓަކައި އަރބަންކޯއިން ވަނީ ގިނަ ހަރަކާތްތަކެއް އިންތިޒާމްކޮށްފައެވެ.

އޭގެ ތެރެއިން އަރބަންކޯއާއި، ހުޅުމާލޭގައި ހިންގަމުން އަންނަ ހޮސްޕިޓަލްތައް ގުޅިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހެލްތު ސްކްރީނިން ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މެއި މަހުގެ 18 ވާ ހުކުރު ދުވަހު ހަވީރު ހަތަރަކުން އިރުއޮއްސި ހަޔަކާއި ހަމައަށް ހުޅުމާލޭގެ ދެ ސަރަހައްދެއްގައި މި ހެލްތު ސްކްރީނިން ޕްރޮގްރާމް ކުރިއަށްދާނެއެވެ. އެއީ ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 1 ސަރަހައްދު، އަދި ރުށްގަނޑު 3 ސަރަހައްދެވެ.

އާބަންކޯއިން ބުނެފައިވާގޮތުގައި މި ޕްރޮގްރާމް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައި ވަނީ ރާއްޖޭގައި އާންމުކޮށް ފެންނަ ގައިން ގަޔަށް ނާރާ ބަލިތަކަށެވެ. އެގޮތުން ރުށްގަނޑު 1 ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާރުން ބަލަމުންދާނީ ހިތުގެ ބަލިތަކުގެ ހިރާސްތަކެވެ. އެގޮތުން މި ތިން ސަރަހައްދުގައި މިފަދަ ބަލިތަކުގެ ހިރާސް ދެނެގަތުމުގެ ޓެސްޓުތައް ހަދާނެއެވެ. އޭގެ ތެރޭގައި ހަކުރު ޓެސްޓާއި، ބީޕީ އަދި ބީއެމްއައި ބަލައި، މިކަންކަމާ ގުޅުންހުރި މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރުށްގަނޑު 3 ސަރަހައްދުގައި ހިޔާ މެޑިކަލް ސެންޓަރގެ ފަރާތުން ކުރިއަށްގެންދާނީ ޗައިލްޑް ނިއުޓްރިޝަން އަކީ ޑެންޓަލް ޗެކަޕްތަކެވެ.

ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިކަހަލަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހަދައި މިކަންކަމަށް އާންމުން އަހުލުވެރިކުރުވުން ކަމުގައި އާބަންކޯއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް