ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި އެއްކޮށްފައިވާ ދެ އެޕާޓްމަންޓްގެ އެއްބަސްވުން ބާތިލްކޮށް އެތަން ހުސްކުރުމަށް އާބަންކޯ އިން އަންގައިފިއެވެ.
މި މަހުގެ ކުރީކޮޅު އާބަންކޯގެ ސަމާލުކަމަށް އައި މި މައްސަލަ އާއި ބެހޭ ގޮތުން އެ ކޯޕަރޭޝަނުން މިއަދު ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ މައްސަލައިގައި، އެ ކޯޕަރޭޝަނުން ހެދިފައިވާ އުސޫލުތަކާއި ހިލާފަށް ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާރޓްމަންޓެއް، 100،000ރ އިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް އަންގައި 10 ދުވަހުގެ ތެރޭގައި އެޕާޓްމަންޓް ހަވާލު ކުރެވުނު އިރު ހުރި ގޮތަށް އިޔާދަކުރުމަށް އަންގާފައިވީ ނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.
މީގެ އިތުރުން އާބަންކޯ އިން އަންގާފައިވާ ގޮތަށް ފްލެޓްތަކުގެ ވެރި ފަރާތުން އަމަލު ކޮށްފައި ނުވާތީ 14 ދުވަސް ތެރޭގައި އެ ކޯޕަރޭޝަނަށް ފުލެޓް ހަވާލު ކުރުމަށް މިއަދު ވަނީ ވެރިފަރާތްތަކަށް އަނގާފައިކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް