ޗައިނާގެ ޒުވާނުންނަށް ވަޒީފާ ހޯދުމުގައި ބޮޑެތި ގޮންޖެހުން އެބަހުރި - ރިޕޯޓް

ޗައިނާގައި ވަޒީފާ ހޯދުމަށް ޒުވާނުން ދަނީ އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. ނިއުޔޯކުގައި ހުންނަ ޓީވީ ނެޓްވޯކެއް ކަމަށްވާ އެންޓީޑީގެ ރިޕޯޓެއްގައިވާ ގޮތުން ޗައިނާގެ ގިނަ ޒުވާނުންތައް ދަނީ ވަޒީފާ ހޯދުމުގަ...

18 May 2023 | 19:11

ޗައިނާގައި ވަޒީފާ ހޯދުމަށް ޒުވާނުން ދަނީ އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. ނިއުޔޯކުގައި ހުންނަ ޓީވީ ނެޓްވޯކެއް ކަމަށްވާ އެންޓީޑީގެ ރިޕޯޓެއްގައިވާ ގޮތުން ޗައިނާގެ ގިނަ ޒުވާނުންތައް ދަނީ ވަޒީފާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތި ލަމުންނެވެ. އަދި މިކަމުގެ ސަބަބުން އިޤްތިސާދީ އިޖްތިމާއީ ގިނަ މައްސަލަތަކާއި ޗައިނާގެ ޒުވާނުން ދަނީ ކުރިމަތިލަމުންނެވެ.

ޗައިނާގައި ވަޒީފާގެ ބާޒާރުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަނީ ކަމާބެހޭ ފަރާތްތަކުން ކޯވިޑް-19 ބަލިމަޑުކަމުގެ ހުރަސްތައް އުވާލައި، އެގައުމުގެ ބޯޑަރުތައް އަލުން ހުޅުވާލިތާ މަސްތަކެއް ފަހުންނެވެ. ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ އޭޕްރީލް މަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވަޒީފާގެ ކަންކަމުގައި ގިނަ ބަޔަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްސަލައިގެ ހާލަތު ދަނީ ދުވަހުން ދަވަހަށް ބޮޑުވަމުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު 16-24 އަހަރުގެ ކުދިންގެ ގައުމީ ވަޒީފާ ނެތް މީހުންގެ ނިސްބަތް 19.5 ޕަސެންޓުގައި ހުރިއިރު، މިއީ ޑިސެމްބަރު މަހާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ޕަސެންޓް އިތުރު އަދަދެކެވެ. އަދި ޗައިނާއިން ކޮވިޑް-19 އަށް ލާފައިވާ ހުރަސްތައް އުވާލި ނަމަވެސް މިކަމަށް ހެޔޮ ބަދަލްތަކެއް ނާދެއެވެ.

ނިއުސް ރިޕޯޓުގައިވާ ގޮތުން ޗައިނާގެ ބައެއް ޒުވާނުން ދަނީ "996" ގެ މަސައްކަތުގެ ސަގާފަތުން ދުރުވެ، އާމްދަނީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ނައިޓް މާކެޓްތަކުގައި ސްޓޯލް ބެލެހެއްޓުންފަދަ މަސައްކަތްތައް ކުރަމުންނެވެ. ޗައިނާގައި ވަޒީފާ ނެތް ޒުވާނުންނަށް ވެލްފެއާ ޕޭމަންޓް ނުލިބޭތީ އެހެން ގިނަ ޒުވާނުން ދިރިއުޅުން ބަރޯސާވެފައިވަނީ އާއިލީ ސަޕޯޓަށެވެ.

ޓެކްނޮލޮޖީ، ތައުލީމާއި ޕްރޮޕަޓީ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޒުވާނުންގެ ވަޒީފާ ގެއްލިފައިވަނީ ޗައިނާ ސަރުކާރުން ޓެކްނޮލޮޖީ، ތައުލީމާއި ޕްރޮޕަޓީ ދާއިރާއަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އޭބީސީ ނިއުސްގެ ރިޕޯޓުގައިވާ ގޮތުން ޓެކްނޮލޮޖީގެ ގިނަ ކުންފުނިތަކުން ވަނީ އެތައް ހާސް މަސައްކަތްތެރިންނެއް ވަޒީފާއިން ވަކިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް