ނަޝިދުގެ އެދިވަޑައިގަތުމަށް ލަންކާއަށް ބޭރުގެ އެހީ ހޯދަން އެމަނުފާނާއި ހަވާލުކޮށްފި

އިގްތިސޯދީ އަނދަވަޅެއްގައި އޮތް އަވައްޓެރި ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހަވާލު ކޮށްފި އެވެ. ލަންކާއިން ބޭރު ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ...

19 May 2022 | 17:51

އިގްތިސޯދީ އަނދަވަޅެއްގައި އޮތް އަވައްޓެރި ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހަވާލު ކޮށްފި އެވެ.

ލަންކާއިން ބޭރު ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި، ބޭރު ފައިސާގެ އަގު ވެއްޓި، ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލުމުގެ އިތުރުން އެ ގައުމު ވަނީ ބޭހާއި ކަރަންޓާއި ޕެޓްރޯލަށް ޖެހިފަ އެވެ. ގައުމު އަލުން ހިންގެން އޮތީ ގައުމުތަކުން އެހީވެގެންނެވެ.

މިފަދަ ހާލަތެއްގައި އޮތް ލަންކާއަށް ބޭރުން އެހީ ހޯދައިދޭން ނަޝީދާއި ހަވާޅު ކުރެއްވީ އެ ގައުމުގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި އެކު ނަޝީދު މިއަދު ބޭއްވި ބައްދަލުވުމެއްގައި އެވެ.

ލަންކާ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ މަސައްކަތުގެ ވެރިއަކަށް ނަޝީދުު ހަމަޖެއްސެވީ ބައްދަލުވުމަށް ނަޝީދު އެކަމަށް އެދިވަޑައިގެން ހުށަހެޅުއްވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް