އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ޕާޓީ ހިންގާލައްވައި ގެންނަވާނެ ބަދަލުތަކުން 2023 އަށް ޔަގީންކަން ބޮޑު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފައްޔާޒު އާއިއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި އެވެ. މިއީ ފައްޔާޒް ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން އިންތިހާބީ ޗެއާޕާސަންގެ ހައިސިއްޔަތުން ރައީސާއި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
ފައްޔާޒު އިންތިހާބުގައި ވާދަ ކުރެއްވީ ރައީސް ސޯލިހުގެ ތާއީދާއި އެކު އެވެ.
ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފައްޔާޒްގެ ހިންގުމުގެ ތަޖުރިބާ އިން ކާމިޔާބީއަށް ވާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި2023 ކާމިޔާޞު ކުރުމަށް ރަނގަޅު މިސްރާބަކަށް ފައްޔާޒާއި އެކު ދަތުރު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެމަނިކުފާނު ވަނީ އެމްޑީޕީ ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.
https://twitter.com/ibusolih/status/1527298664506740737
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފައްޔާޒް ކާމިޔާބު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ ވާދަކުރައްވަ އެވެ.
ޗެއާޕާސަންގެ އިންތިހާބުގައި 94،000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލެވޭ އިރު ފައްޔާޒް އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލާން ނުކުތް މީހުންގެ 58 ޕަސެންޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް