އައްޑޫ މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިޔަށް ދަނީ

އައްޑޫ ސިޓީ މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ހުއްޓުމެއް ނެތި ކުރިޔަށް އެބަ ގެންދެއެވެ. މި މަޝްރޫއު ކުރިަޔށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ ...

19 May 2022 | 12:12

އައްޑޫ ސިޓީ މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ހުއްޓުމެއް ނެތި ކުރިޔަށް އެބަ ގެންދެއެވެ.

މި މަޝްރޫއު ކުރިަޔށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ ބެކް ފިލިންގެ މަސައްކަތްތަކާއި، ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ބެކް ފިލިންގ އަދި ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ނިންމަން ޖެހެ އެވެ. އަދި ބެކްފިލިންގެ މަސައްކަތްތަކަށް އަދި ޖިއޯ ބޭގްސްއަށް އެޅުމަށް 4،430 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރާނެ އެވެ.

މީގެ އިތުރުން 147 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

މިއީ ހަތަރު މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް