12 ކިލޯ ޑްރަގު މައްސަލައިގަ ސޮބާހުގެ ބައި އިތުރަށް ތަހުގީގު ކުރަން ޕީޖީން އަންގައިފި

ރާއްޖެއަށް އެތެރެ ކުރި12 ކިލޯގެ މަސްތވާތަކެތީގެ މައްސަލައިގަ ހިމެނޭ ކަމަށް ތުހުމަތު ކުރެވުނު ފިލްމީ ތަރި ހުސައިން ސޮބާހުގެ ބައި އަލުން ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އ...

19 May 2022 | 11:48

ރާއްޖެއަށް އެތެރެ ކުރި12 ކިލޯގެ މަސްތވާތަކެތީގެ މައްސަލައިގަ ހިމެނޭ ކަމަށް ތުހުމަތު ކުރެވުނު ފިލްމީ ތަރި ހުސައިން ސޮބާހުގެ ބައި އަލުން ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.

މި މައްސަލައިގަ ސޮބާހު ހާޒިރުކޮށް ސުވާލު ކުރުން ފިޔަވާ އިތުރު ކަމެއް ނުކުރެ އެވެ. މަސްތުވާތަކެތީގެ މިި މައްސަލައިގަ ހައްޔަރު ކުރީ ދެ ބިދޭސީންނާއި ދިވެއްސެކެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވީ މި މައްސަލައިގަ ހިމެނޭ ގ. ޕާކަރހައުސް ހުސައިން ޞަބާހްގެ ބައި އިތުރަށް ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާ ކަމަށެވެ.

މި މަސްތުވާތަކެތީގެ މައްސަލަ އަކީ މިދިޔަ މާޗް މަހުގެ މެދުތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ލޯންޗެއްގެ ތެރެއިންނެވެ. ސޮބާހު އޭރު ބުނީ އޭނާ ހައްޔަރު ނުކުރާ ކަމަށާއި ފުލުހުން ސޮބާހުއާ އެ މައްސަލައިިގަ ސުވާލު ކުރީ މަސްތުވާތަކެތި އުފުލި ލޯންޗަކީ އޭނާގެ އެއްޗަކަށްވާތީ ކަމަށެވެ.

ސޮބާހު ބުނީ އެ ލޯންޗު 46،800 ރުފިޔާއަށް ކުއްޔަށް ހިފީ އޭނާ ދަންނަ ބައެއް ކަމަށެވެ. ލޯންޗު ކުއްޔަށް ނެގީ ށ. އަތޮޅަށް ދިއުމަށް ކަމަށް ބުނެ ކަމަށާއި އެކަމަކު ދަތުރުގެ ވަކި ހިސާބަކުން ލޯންޗަށް މައްސަލައެއް ދިމާވެގެން އެނބުރި ހުޅުމާލެއަށް އަންނަ ވާހަކަ އެންގި ކަމަށްވެސް ސޮބާހު ބުންޏެވެ.

އޭނާ ބުނީ ލޯންޗު ހުޅުމާލެއަށް ކައިރި ކުރި ގަޑީގައި އެ ތަނަށް ދިޔަ ކަމަށެވެ. އަދި ދިޔަ އިރު ފުލުހުން ތިބި ކަމަށާއި އޭނާ އާއި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ކަން ހިނގާދިޔަ ގޮތް ކިޔައިދީފައިވާނެ ކަމަށެވެ.

މިމައްސަލައިގަ ސޮބާހުގެ ބައި އަލުން ތަހުގީގު ކުރަން ޕީޖީ އޮފީހުން އެންގި ސަބަބެއް ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް