ނަސަންދުރަ އިމާރާތުގެ ލިފްޓެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

ނަސަންދުރަ އިމާރާތުގެ ލިފްޓެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން ބުނީ ނަސަންދުރާގައި ހަދަމުންދާ އިމާރާތުގެ ލިފްޓެއް ވެއްޓި މީހަކަށް އަނިޔާވެގެން ރިޕޯޓު ކުރީ ހެނދުނު 10:30 ހާއިރު ކަމަށެވެ. މި...

19 May 2022 | 09:51

ނަސަންދުރަ އިމާރާތުގެ ލިފްޓެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ނަސަންދުރާގައި ހަދަމުންދާ އިމާރާތުގެ ލިފްޓެއް ވެއްޓި މީހަކަށް އަނިޔާވެގެން ރިޕޯޓު ކުރީ ހެނދުނު 10:30 ހާއިރު ކަމަށެވެ.

މިހާދިސާގައި އަނިޔާވީ ބިދޭސީ ފިރިހެނަކަށެވެ. އޭމީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

އެމީހާގެ ހަށިގަނޑުގެ ބޭރު ފުށުން މާބޮޑު ޒަހަމެއް ފެންނަން ނެތް ކަމަށްވެ އެވެ. އެކަމަކު އޭނާގެ ހާލަތާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ނޭނގެ އެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް