ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރަކީ މިހާރު ކުރިއަރަމުން އަންނަ ތަރިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ މީހާ އެވެ.
ޖާންވީ އަކީ އެންމެ ގިނައިން އާންމު ތަންތަނަށް ނުކުމެ އާންމުން އުޅޭ ގޮތަށް އުޅޭ ތަރީގެ އިތުރުން ރަހުމަތްތެރިންނާއި އެކު އެންމެ ގިނައިން ތަންތަނަށް ގޮސް އުޅޭ މީހާއެވެ.
އެހެންވެ ގިނަ ބަޔަކު އޭނާ ލާ ހެދުމާއި ކުރާ ކަންކަމަށް ސަމާލުކަން ދެއެވެ. ހާއްސަކޮށް ޖާންވީއަށް ޕަޕަރާޒީންގެ ކިބައިން ސަލާމަތެއް ނުވެވެ އެވެ.
މިފަހަރު ގިނަ ބަޔަކު ޖާންވީއަށް ތައުރީފު ކުރުމުގެ ބަދަލުގައި ދަނީ ފުރައްސާރަ ކުރަމުންނެވެ. ފާޑުކިޔުން އަމާޒުވެފައިވަނީ ޖާންވީއަށް ލެވުނު ހެދުމަކުންނެވެ.
ރޭ ޖާންވީ ކެއުމަކަށް ލައިގެން ދިޔައިރު ހުރީ އަތްކެނޑި ކުރު ހެދުމެއް ލައިގެންނެވެ.
https://www.instagram.com/p/CdtSgRWq5Kp/
މި ހެދުމަށް ފާޑުކީ މީހުން ބުނީ އޭނާ ލައިގެން ހުރީ ނިދާ ހެދުން ކަމަށެވެ. އެހެން މީހަކު ބުނީ ކުރު ހެދުމެއް ލައިގެން ހިނގަމުން ހެދުމުގެ އެކި ތަންތަނަށް ދަމަދަމާފަ ނިވާ ކުރަން އުޅުމަށް ވުރެ ނިވާކަން ބޮޑު ހެދުމެއް ލުން ރަނގަޅުވާނެ ކަމަށެވެ.
ފާޑުކީ އެހެން މީހަކު ބުނީ ފެޝަން އެއީ ކޯޗެއްކަން އެނާއަށް ނޭނގޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް