އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި އެވެ.
ރޭ ތިން މީހަކު ހައްޔަރު ކުރި އެވެ. ފުލުހުންވަނީ ރޭގެ އެއްވުން ރޫޅާލުމަށް ބާރުގެ ބޭެނުންކޮށް، ޕެޕާ ސްޕްރޭ ޖަހާފަ އެވެ.
ފުލުހުން މިއަދު ބުނީ ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ތިން މީހުންވެސް ދޫކޮށްލާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ. ރޭ ހައްޔަރު ކުރީ ދެ އަންހެނުންނާއި ފިރިހެނެކެވެ.
ރޭގެ އެއްވުން ކުރިޔަށް ގެންދިޔައީ ޕީޕީއެމް އޮފިސް ދޮރުމަތީގައި އެވެ. މިއީ އެޕާޓީގެ "އިންޑިއާ އައުޓް" ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ޕީޕީއެމްގެ އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) ދޫކޮށްލުމަށް ގޮވާލާ ބޭއްވި އެއްވުމެކެވެ.
އެ ދެ މީހުން ހަްޔަރުކޮށްފައިވަނީ އިންޑިއާ އައުޓް ކެމްޕެއިން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް