އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީ މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އުމުރަށް ޖަލަށްލި ޕެރަރިވަލަން މިނިވަންކޮށްފިއެވެ.
31 އަހަރު ފަހުން ޕެރަރިވަލަން މިނިވަންކޮށްފައިމިވަނީ އިންޑިއާގެ ސުޕްރީމް ކޯޓަށް ލިބޭ ބާރުގެ ދަށުންނެވެ.
ޖާނުން ފިދާވެެން 1991 ވަނަ އަހަރުގެ މެެއި މަހުގެ 21 ވަނަ ދުވަހު ދިން ހަމަލާއެއްގައި ރަޖީވް ގާންދީ މަރާލާފައިވާއިރު ޕެރަރިވަލަން ހައްޔަރުކޮށްފައިވަނީ އޭގެ ދެތިން ހަފްތާއެއް ފަހުންނެވެ. ޕެރަރިވަލަން އަށް ކުރި ތުހުމަތަކީ ބޮން ހަދަން ބެޓެރީ ގަތް ކަމުގެ ތުހުމަތެވެ. ޖަލަށްލީ އެ ތުހުމަތު ސާބިތުވުމުންނެވެ.
ރަޖީވް ގާންދީ މަރާލީ އަވަށްޓެރި ލަންކާގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް އިންޑިއާ ސިފައިން ފޮނުވަން ނިންމުމުން، ލަންކާގެ ޓަަމަޅަ ޓައިގަރުންގެ އިސް މީހަކު ޖާނުން ފިދާވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް