މިއަދުވެސް އުތުރުގެ އަތޮޅުތަކަށާއި މެދުރާއްޖޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ ހަވީރު 6:00 އާއި ހަމައަށް ފޯކާސްޓްކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގަައެވެ.
އެ ބުލެޓިންގައި ބުނެފައިވަނީ އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. ދެކުނުގެ ބައެއް ރަށްތަަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.
ބުނެފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
މެދުރާއްޖެ އާއި އުތުރުގެ އަތޮޅުތަަކށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ އަތޮޅުތަކަށް އާދައިގެވަރަކަށް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
ރާޅުގެ އުސްމިން މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކުގައި ހުންނާނެކަމަށް ބުނެފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ. ދެކުނުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް ބުނެފައިވަނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ.
ކަނޑުދަތުކުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް