މީހަކު ހައްޔަރުކުރަން، ފުހުހުންނަށް 'އޮޅިގެން' ނުބައި ގެއަކަށް ވަދެވުނު މައްސަލައެއް

މީހަކު ހައްޔަރުކުރަން، ޕޮލިހުންނަށް 'އޮޅިގެން' ނުބައި ގެއަކަށް ވަދެވުނު މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަން ހިނގާފައިވަނީ ރޭ ހުޅުމާލޭގައި ކަމަށްވެ އެވެ. ފުލުހުންނަށް އޮޅިގެން ވަދެވުނު ގޭގައި ދިރިއ...

19 May 2021 | 18:27

މީހަކު ހައްޔަރުކުރަން، ޕޮލިހުންނަށް 'އޮޅިގެން' ނުބައި ގެއަކަށް ވަދެވުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ހިނގާފައިވަނީ ރޭ ހުޅުމާލޭގައި ކަމަށްވެ އެވެ.

ފުލުހުންނަށް އޮޅިގެން ވަދެވުނު ގޭގައި ދިރިއުޅޭ މަރިޔަމް ނިޝާ ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ހަތް އަހަރުގެ ދަރިފުޅު ގޮވައިގެން ގޭގައި ފިލްމެއް ބަލަން އިންދާ ދޮރު ހުޅުވަން މީހަކު އުޅޭހެން ހީވުމުން، ބުރުގާ އަޅައިގެން ދޮރު ހުޅުވަންދެން މަޑުކުރުމަށް ބުނި ކަމަށެވެ. ނަމަވެސް މަޑުނުކޮށް ގެއަށް ވަދެގަތީ ބުރުގާވެސް ނޭޅެނީސްކަން ފާހަގަކުރަމުން ނިޝާ ބުނެފައި އެވަގުތު ބަޑި ހިފައިގެން ތިބި ބޮޑެތި ފިރިހެނުން ތަކެއް ގެއަށް ވަތްތަން ފެނުމުން ކުޑަ ދަރިފުޅުވެސް ބިރުން ރޯންފެށި ކަމަށެވެ.

އެމީހުން ވާހަކަދެއްކި ގޮތުންނާއި ކަންތައްކުރި ގޮތުން ދެމައިން ބިރުން ތިބިއިރު، އޭނާގެ ފިރިމީހާއަށް ގުޅައި ވާހަކަ ދެއްކުމަށް ވެސް ފުލުހުން ހުރަސް ހުރަސް އެޅި ކަން ފަހަގަކުރިއެވެ. އަދި ދުވަހަކުވެސް ނުދަންނަ މީހެއްގެ ވާހަކަ ބުނެ، އެއީ ކާކުތޯ އެހި ނަމަވެސް، އެއީ މީގެ ކުރިން ދުވަހަކުވެސް އެނގިފައި ނުވާ މީހެއްކަން ނިޝާ ވަނީ ފާހަގަކޮށްފައެވެ.

މިކަމާގުޅިގެން އިތުރަށް ނިޝާ ބުނެފައި ވަނީ، ފުލުހުންގެ ޒިންމާއަކީ އަމާންކަން ބެހެލެއްޓުންކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް މިއަދު އެ ވީ ކަންތައް ބަލައިނުގަނެވޭކަމަށް ބުނެފައިވެއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕްގައި މި ސުވާލު ކުރުމުން ފުލުހުން ހިއްސާކުރި މެސެއްޖައި ބުނެފައި ވަނީ ކޯޓު އަމުރެއްގައި މައްސަލައެއް އުޅެގެން ރޭ ހިންގި އޮޕަރޭޝަނެއްގެ ގޮތުގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް