ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަަށް ދިމާވާ ސިއްހީ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަކޮށް ނަމްބަރެއް ހުޅުމާލޭ ހޮސްޕިޓަލުން ތައާރަފުކޮށްފި އެވެ.
އެ ނަމްބަރަކީ 1417 އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ އެ ނަމްބަރަށް ގުޅުމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކޯވިޑާއި ގުޅޭ ހިދުމަތްތައް ދޭނީ އެވްޕީއޭ މެދުވެރިއެެގ ރޯލު އަދާ ނުކޮށް ދހުޅުމާލޭ ހޮސްޕިޓަލުން ކަމަށެވެ. އަދި އެ ނަމްބަރަށް އާންމު ސިއްހީ މައްސަލައެއް ދިމާވެގެން އެހީއެއް ބޭނުންވާ ނަމަވެސް ގުޅޭނެ ކަމަށާއި، އެކަމަކު ބޮޑަށް މިހާރު އެ ނަމްބަރު ހާއްސަކޮށްފައިވާނީ ހުޅުމާލޭ ކޯވިޑް ކަންކަމަށް ކަމަށް ވިދާޅުވި އެވެ.
އެ ނަމްބަރަކީ ކުރިން ހުޅުމާލޭ ހޮސްޕިޓަލްގެ ހޮޓްލައިން ނަމްބަރެވެ. އެކަމަކު މިހާރު އެ ހޮސްޕިޓަލްގެ އާންމު އޮޕަރޭޝަންތައް ވަނީ މެދުކަނޑާލާފައި އެވެ.
ހުޅުމާލޭ ހޮސްޕީޓަލަކީ މިހާރު ކޯވިޑަށް ފަރުވާދޭ ހާއްސަ މަރުކަޒެކެވެ. ހުޅުމާލޭ ހޮސްޕިޓަލްގެ އަންމު އޮޕަރޭޝަންތައް ހުއްޓާލައި ކޯވިޑަށް ހާއްސަ މަރުކަޒަކަށް ބަދަލު ކުރީ މާލެ ސަރަހައްދުގައި ކޯވިޑް އެކްޓިވް ކޭސްތައް ގިނަވެ ފަރުވާ ދޭނެ ތަންތަނުގެ ދަތިތަކާއި ކުރިމަތިވަމުންދާން ފެށުމުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ބައިލައްކަ އަށްވުރެ ގިނަ މީހުން ވަނީ ޕޮސިޓިވް ވެފަ އެވެ. އަދި މިހާރު ކޯވިޑް ޖެހިގެން 20،276 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 30،403 މީހުންނެވެ. މި ބަލީގައި މިހާތަނަށް 118 މީހުން ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް