ކޯވިޑް އަދަދުތައް އަދިވެސް 1،000 މަތީގައި، މާލެއިން 965 މީހުން ޕޮސިޓިވްވި

ރާއްޖެއިން އިތުރު 1،187 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ކޯވިޑަށް މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 965 މީހުންނެވެ. އަތޮޅު ތެރެއިން 214 މީހުން ޕޮސިޓިވްވެފައިވެ އެވެ. ރިސޯޓުތަކުން ހަ މީހުން...

19 May 2021 | 17:25

ރާއްޖެއިން އިތުރު 1،187 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ކޯވިޑަށް މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 965 މީހުންނެވެ. އަތޮޅު ތެރެއިން 214 މީހުން ޕޮސިޓިވްވެފައިވެ އެވެ. ރިސޯޓުތަކުން ހަ މީހުން ޕޮސިޓިވްވެފައިވާއިރު ސަފާރީތަކުން ދެމީހަކު ޕޮސިޓިވްވެފައިވެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވިކަމަށް ބުނެފައިވާ 1،187 މީހުންގެ ތެރެއިން އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް ޕޮސިޓިވްވެފައިވަނީ 438 މީހުން ކަމަށެވެ. ދެން ހިމަނާފައިވާ އަދަދު ތަކަކީ މީގެ ކުރީގެ ތާރީހުގައި ޓެސްޓު ކޮށްފައިވާ ސާމްޕަލް ތަކެއް ކަމަށެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3،771 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 18،843 މީހުންނަށެވެ. އޭގެ ތެރެއިން 274 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 29،644 މީހުންނެވެ.

މިއަދަކީ ކޯވިޑް ޖެހިގެން ރާއްޖެއިން އެއްދުވަހާއި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މިއަދު ހަތް މީހުން ކޯވިޑްގައި މަރުވެފަވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 48،608 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް