ފާޑުކިޔުން އަމާޒުވުމުން ގާފަރު މޮނިޓަރިންގެ ހާލަަތަށް ލައިފި

ކ، ގާފަރުގައި ކޯވިޑް-19ގެ 11 ވޭދަނަ ފެނުން ފަހުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ލައިފިއެެވެ. ކ. ގާފަރުން އިތުރު 9 ފަތުރުވެރިޔަކު ކޯވިޑް-19އަށް ފައްސިވެފައިވާކަން މިއަދު އެ ރަށު ސިއްހީ މަރުކަޒުން ވަނީ ...

19 May 2021 | 17:08

ކ، ގާފަރުގައި ކޯވިޑް-19ގެ 11 ވޭދަނަ ފެނުން ފަހުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ލައިފިއެެވެ.

ކ. ގާފަރުން އިތުރު 9 ފަތުރުވެރިޔަކު ކޯވިޑް-19އަށް ފައްސިވެފައިވާކަން މިއަދު އެ ރަށު ސިއްހީ މަރުކަޒުން ވަނީ ކަށަވަރުކޮށްފައެވެ.

ކ. ގާފަރު ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވި ގޮތުގައި އެއީ ޕާކިސްތާނަސް ނިސްބަތްވާ 9 މީހުނެވެ. މި މީހުން ފައްސިވެފައިވާ ކަން އެނގުނީ ފުރުވާލުމަށް ޓަކައި ހެދި ޕީސީއާރު ޓެސްޓުތަކުންނެވެ.ެ އެނގިފައިވާ ގޮތުގައި މި މީހުން ވަނީ ރަށު ތެރޭގައި އުޅެފައެެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި މި މިހުންނާއި ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާ ވަނީ ބައްދަލުވެފައެވެ.

މީގެ ކުރިން އިންޑިޔާގެ ދެ ފަތުރުވެރިޔަކު ވެސް ވަނީ އެ ރަށުން ފައްސިވެފައެވެ. މި ދެމީހުން ވެސް ވަނީ ރަށު ތެރޭގައި އުޅެފައެވެ. އަދި ގިނަ ބަޔަކާ ބައްދަލުވެފައެވެ. އެތައް ބަޔަކު ބަލީގެ ނުރައްކަލަށް ހުށައެޅިފައި ނަމަވެސް އެ ކޭސްތަކާއި ގުޅިގެން އެޗްޕީއޭން އެ ރަށް މޮނިޓަރިންނަށް ލާފައި ނުވެއެވެ. އަދި މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެޗްޕީއޭއަށް އަމާޒުވެފައި ވެއެވެ.

މި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ފަހުން 9 މީހަކު ފައްސިވެ އެޗްޕީއޭން ވަނީ އެ ރަށް މޮނިޓަރިންނަށް ލައި، އަރައި ފޭބުން މަނާކޮށްފައެވެ.

މި ވޭދަނަތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ސިއްހީ މަރުކަޒުން އަންނަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް