ފަލަސްޠީނުގެ ހިތްދަތިކަން ދައްކުވައިދޭ ދިވެހި ދެކުދިން

ފަލަސްޠީނުގެ ހިތްދަތިކަން ދައްކުވައިދޭ ދިވެހި ދެކުދިންގެ މި ފޮޓޯއަކީ ދިވެހިންނަށް ކޮންމެވެސް ވަރެއްގެ މެސެޖެއް ދިނުމަށް ނައުޝަމް ވަހީދު ކޮށްފައިވާ މަސައްކަތެކެވެ. ފޮޓޯ އާ ބެހޭގޮތުން 'ދުވަސް' އަށް މައު...

19 May 2021 | 16:33

ފަލަސްޠީނުގެ ހިތްދަތިކަން ދައްކުވައިދޭ ދިވެހި ދެކުދިންގެ މި ފޮޓޯއަކީ ދިވެހިންނަށް ކޮންމެވެސް ވަރެއްގެ މެސެޖެއް ދިނުމަށް ނައުޝަމް ވަހީދު ކޮށްފައިވާ މަސައްކަތެކެވެ.

ފޮޓޯ އާ ބެހޭގޮތުން 'ދުވަސް' އަށް މައުލޫމާތު ދެމުން ނައުޝަމް ބުނެފައި ވަނީ، މިއީ ފަލަސްޠީނުގައި ހިނގާކަންކަމާމެދު މީހުން ހޭލުންތެރިކޮށް، މީހުނަށް ކޮންމެވެސް ވަރެއްގެ މެސެޖެއް ދިނުމުގެގޮތުން ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

އަބަދުވެސް އެކި މައުލޫތަކާ ގުޅުވައިގެން ފޮޓޯ ނަގާ ނައުޝަމް މިފަހަރުގެ ފޮޓޯޝޫޓް ޚާއްސަކޮށްފައި ވަނީ ފަލަސްޠީނުގައި ހިނގާ ކަންތައްތަކާ ގުޅުވާފައި ކަމަށެވެ. އެގޮތުން ތަފާތު، އަސަރުކުރުވަނިވި އަދި ކްރިއޭޓިވް ގޮތަކަށް މިފޮޓޯ ނަގަން ޚިޔާލު އައީ ކުއްލިއަކަށް ކަމަށް ނައުޝަމް ބުންޏެވެ.

ދެބެން ދައްކުވައިދޭ މި ފޮޓޯޝޫޓް ނަގާފައި ވަނީ ކ.ވިލިނގިލީގައެވެ. ނައުޝަމް ބުނީ، ކުޑަ ދެކުދިން ފޮޓޯ ޝޫޓްގައި ހިމެނީ ކޮއްކޮ، ބޭބެ ދައްކުވައިދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މި ފޮޓޯގައި ފެނިގެންދަނީ އަންހެން ކޮއްކޮ އުނގުމަތީގައި ބާއްވައިގެން ރޯން އިން ފިރިހެން ކުއްޖެކެވެ. ދާދި އެއް އުމުރެއްގެ މި ދެކުދިން ހިމަނައިގެން ނަގާފައިވާ މި ފޮޓޯގެ އެއް އަރިއެއްގައި އަލިފާނުގެ އަސަރު ދައްކުވައިދެއެވެ.

ނައުޝަމް ބުނީ، ވީހާވެސް އަސްލާ އެއްގޮތަށް ފޮޓޯ ނެގުމަށްޓަކައި ވިލިނގިލީގެ ރަނގަޅު ހިސާބެއްގައި ފޮޓޯޝޫޓް ނަގާފައިވާކަމަށެވެ. ފޮޓޯގައިވާ ފިރިހެން ކުއްޖާގެ ކޮނޑުމަތީގައި ފަލަސްޠީން ދިދައެއް އޮވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް