ފިލިތެޔޮ ރިސޯޓްގެ ސްޓާފް އެކޮމޮޑޭޝަންގެއާ ގުޅޭ ޝަކުވާތަކެއް

ފިލިތެޔޮ ރިސޯޓްގެ ސްޓާފް އެކޮމޮޑޭޝަންގެއާ ގުޅޭ ޝަކުވާތަކެއް މީސްމީޑިޔާގައި ދައުވާން ފަށައިފިއެވެ. ސްޓާފް އެކޮމޮޑޭޝަންއެއްގެ ފޮޓޯ ހިއްސާކުރަމުން މީހަކު ބުނެފައި ވަނީ އެތާނގައިވެސް އުޅެނީ އިންސާނުން ކަމ...

19 May 2021 | 11:46

ފިލިތެޔޮ ރިސޯޓްގެ ސްޓާފް އެކޮމޮޑޭޝަންގެއާ ގުޅޭ ޝަކުވާތަކެއް މީސްމީޑިޔާގައި ދައުވާން ފަށައިފިއެވެ.

ސްޓާފް އެކޮމޮޑޭޝަންއެއްގެ ފޮޓޯ ހިއްސާކުރަމުން މީހަކު ބުނެފައި ވަނީ އެތާނގައިވެސް އުޅެނީ އިންސާނުން ކަމަށެވެ. އަދި ޖަލުގެ އެކޮމޮޑޭޝަންވެސް އެއަށްވުރެ ރަނގަޅުވާނެކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

https://twitter.com/hameedmv/status/1394833072558800898

ޓޫރިޒަމް މިނިސްޓްރީ ޓެގް ކުރުމަށްފަހު އޭނާ ބުނެފައިވަނީި ވަނީ، ޓޫރިޒަމް ޕްރޮމޯޓް ކުރާއިރު ރިސޯޓް މަސައްކަތްތެރިންނާމެދު އަޅުންގެ ދަރަޖައިގައި ކަންތައް ކުރަމުންދާއިރުވެސް މިފަދަ ކަންކަމަށް އެއްވެސް ފިޔަވަޅެއް ނޭޅެނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

އޭނާ ވަނީ މިކަން ހިއުމަން ރައިޓްސް ކޮމިޝަނާއި، ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަމާލުކަމަށް މިކަން ގެނެސްފަ އެވެ.

އެމީހަ ކޮށްފައިވާ ޕޯސްޓަށް ތާއީދުކޮށް އެހެން މީހަކު ބުނެފައި ވަނީ، މިއީ ހަމައެކަނި ފިލިތެޔޮ ރިސޯޓްގެ ހާލަތު ނޫން ކަމަށާއި މިފަދަ ގޮތަކަށް އެކޮމަޑޭޝަން ދޭ އެހެން ރިސޯޓްތައްވެސް އެބަހުރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް