މެމްބަރު އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ބަލަނީ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި ގުޅޭ ގެވެށިއަނިޔާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ގެވެށި އަނިޔާގެ މައްސަލައ...

19 May 2021 | 11:18

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި ގުޅޭ ގެވެށިއަނިޔާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ގެވެށި އަނިޔާގެ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށް ބުނެ އެވެ.

އެކަމަކު އެއީ މެމްބަރު އީސަ އާއި ގުޅުން ހުރި މައްސަލައެއް ކަމެއް ބުނެފައެއް ނުވެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެއީ އީސަގެ މައްސަލައެއް ކަމަށާއި އީސަ އަނިޔާ ކުރައްވާފައިވަނީ އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އަސްރާގެ އަވައްޓެރިއަކު ރޭ ދަންވަރު 1:30 ހާއިރު ކަމަށްވެ އެވެ.

އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅެވެ.

އީސަގެ ފަރާތުން އަސްރާއަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވި އިރު އެކަމަނާ ހޮސްޕިޓަލަށް ވަޑައިގެންނެވީ ފުލުހުންގެ އެހީއާއި އެކު ކަމަށްވެ އެވެ. މި މައްސަލައިގަ އަސްރާ ވަނީ ފުލުހުންނަށް ބަޔާންވެސް ދެއްވާފަ އެވެ.

މި މައްސަލައިގަ އީސަ މީޑިއާގައި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް