އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑަމީން ހިންގުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ޑިފެންސް އެކެޑަމީ ކޯސް – 146" ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
މިއަހަރުގެ ޖޫން 28 ގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ފެށުމަށް ހަމަޖެހިފައިވާ މި ތަމްރީނު ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭލެވެލް ތިން މާއްދާއިން ފާސްވުން (ދިވެހި، އިސްލާމް މާއްދާ ނުހިމަނާ)، 2021 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ނިޔަލަށް މީލާދީ ގޮތުން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވުން އަދި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި، ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވުން ހިމެނެއެވެ.
2024 ވަނަ އަހަރުގެ މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، 2021 މެއި 26 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގއަށް އީމެއިލް ([email protected]) ކުރަން ޖެހެއެވެ.
ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް (www.mndf.gov.mv) އިން ޑައުންލޯޑުކުރެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ކޯހާ ބެހޭ އިތުރު މަޢުލޫމާތު:، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގގެ
ނަންބަރު 3322607 އަށް ނުވަތަ
މޯބައިލް 9871235 / 7534599
ކޯސް އެޕްލިކޭޝަން ފޯމް، މިހާރު ޑައުންލޯޑުކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް