ބިލްތައް ދެއްކުމުގަ އާއި ވިޔަފާރިކުރުމުގައި ގައިދުރުކަން އިސްކޮށް ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރުން މިވަނީ މުހިންމުވެފައެވެ.
އެހެންކަމުން ޑިޖިޓަލްކޮށް ޕޭމަންޓް ހެދުމަށް ގިނަ މީހުން އަހުލުވެރިކުރުމަށް އުރީދޫ މޯލްޑިވްސް ގެ އެމް-ފައިސާއަށް ރެޖިސްޓަރކޮށް ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ޚާއްޞަ ހަދިޔާއެއް ލިބޭ ޕްރޮމޯޝަންއެއް މިއަދުވަނީ ފަށާފައެވެ.
މި ޕްރޮމޯޝަންގެ ދަށުން އެމް-ފައިސާ ގެ ރެޖިސްޓްރޭޝަން ފުރިހަމަކޮށް 500ރފ ކޭޝް-އިން ކުރައްވާ ފަރާތްތަކުގެ އެމް-ފައިސާ ވޮލެޓަށް 50ރފ ޖަމާވެގެންދާނެއެވެ. އަދި އަލަށް ރެޖިސްޓްރޭޝަން ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން އެމް-ފައިސާ މެދުވެރިކޮށް 500ރފ ވުރެ މަތިން ޔުޓިލިޓީ ބިލްދައްކަވާ ކަސްޓަމަރުންގެ ވޮލެޓަށް 25ރ ޖަމާވެގެންދާނެއެވެ.
އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. މިއީ ކަރަންޓު، ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް، މޯލްޑިވް ގޭސް އަދި ވިލާ ގޭސް ފަދަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ.
އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް މޮބައިލް ފޯން ބޭނުންކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގާތް ތިމާގެ ބޭފުޅުންނަށް ފައިސާ ފޮނުއްވާ، އުރީދޫ ޕްރީޕެއިޑް އެކައުންޓް ރީޗާރޖް ކުރައްވާ، ތަފާތު ވިޔަފާރި ކުރެއްވުމުގެ އިތުރުން، ބިލްވެސް ދެއްކެވޭނެއެވެ.
މިގޮތުން، މޮބައިލް ފޯނު ބޭނުންކުރަށްވާ އެންމެހާ ބޭފުޅުންނަށްވެސް، ހުރިހާ ޔޫޓިލިޓީ ބިލްތަކެއް އެންމެ ފަސޭހަކަމާއި އެކު އެމް-ފައިސާ މެދުވެރިކޮށް ދައްކާލެވޭނެއެވެ. ބީ.އެމް.އެލް، އެސް.ބީ.އައި، އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ އަދި އެމް-ފައިސާ އޭޖަންޓްސް މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް