މަސް ދޯންޏެއްގައި މާރާމާރީ ހިންގާ ބިދޭސީ އަކު މަރާލި މައްސަލައިގަ މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ދ. ހުޅުދެލީ "ޖިހާދު" ދޯނީގައި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގަ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު މަސްއޫދު ކިޔާ މީހެއްގެ މައްޗަށް ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.
ޝަފީއު ވިދާޅުވީ އޭނާގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނގެފަސް ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ.
ދޯނީގައި ހަމަނުޖެހުން ހިނގި އިރު ދޯނި އޮތީ ތ. ގުރައިދޫ ކައިރީގައި އެވެ. ހަމަނުޖެހުންތަކުގައި ޝާހީނަށް ލިބުނު ޒަހަމްތަކަށް އެ އަތޮޅު ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް