އަންގާރަ ދުވަހު 2،893 މީހުން ކޯވިޑް-19 ވެކްސިން ޖަހައިފި

އަންގާރަ ދުވަހު 2،893 މީހުން ކޯވިޑް-19 ވެކްސިން ޖަހާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކ...

19 May 2021 | 07:53

އަންގާރަ ދުވަހު 2،893 މީހުން ކޯވިޑް-19 ވެކްސިން ޖަހާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހު 583 މީހުން ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒު 2،310 މީހުން ވަނީ ޖަހައިފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު މާލެ ސަރަހައްދުން ޖަހާފައިވަނީ 231 މީހުންނެވެ. އަދި އަތޮޅު ތެރެއިން 352 މީހުން ވަނީ ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފައެވެ. ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒު މާލެ ސަރަހައްދުން 357 މީހުން ޖަހާފައިވާއިރު އަތޮޅު ތެރެއިން 1،953 މީހުން ވަނީ ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިފައެވެ.

މިއާއިއެކު ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު 303،919ށް އަރާފައިވާއިރު ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 147،682ށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޝީލްޑްގެ އިތުރުން ފައިޒަރ އަދި ސިނޮފަރމް ވެކްސިނަށް ހުއްދަ ދީފައިވާއިރު ދާދި ފަހުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ން ވަނީ ރަޝިއާގެ ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ދީފައެވެ.

ރާއްޖޭގައި ކޯވިޑް-19ން ދިފާއުވުމަށް ވެކްސިން ޖަހަމުން އަންނައިރު ކޯވިޑް-19ގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް