ދ. ހުޅުދެލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް 17 މެއި 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންދެވިފައި ވާ ކަމަށް، އެމަޝްރޫޢު ކުރިއަށް ގެންދާ ކުންފުނި، އެމްޓީސީސީއިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، 49،612 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 337 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުން ވެސް ހިމެނެއެވެ.
އެމްޓީސީސީއިން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ތެރޭގައި 252 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން، މަގު ބައްތި ހަރުކުރުމާއި، 1،645 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
25 ޖޫން 2020 ގައި މޮބިލައިޒް ކުރެވިފައިވާ މި މަޝްރޫޢުއަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް