ކ. ގާފަރުން 9 ފަތުރުވެރިޔަކު ކޯވިޑް-19އަށް ފައްސިވެ، އެ ރަށް ނުރައްކަލަށް ހުށައެޅިއްޖެއެވެ.
ކ. ގާފަރު ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވި ގޮތުގައި އެއީ ޕާކިސްތާނަސް ނިސްބަތްވާ 9 މީހުނެވެ. މި މީހުން ފައްސިވެފައިވާ ކަން އެނގުނީ ފުރުވާލުމަށް ޓަކައި ހެދި ޕީސީއާރު ޓެސްޓުތަކުންނެވެ.
އެނގިފައިވާ ގޮތުގައި މި މީހުން ވަނީ ރަށު ތެރޭގައި އުޅެފައެެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި މި މިހުންނާއި ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާ ވަނީ ބައްދަލުވެފައެވެ.
މީގެ ކުރިން އިންޑިޔާގެ ދެ ފަތުރުވެރިޔަކު ވެސް ވަނީ އެ ރަށުން ފައްސިވެފައެވެ. މިއާއެކު އެ ރަށުގެ ޖުމުލަ އަދަދު މި ވަނީ 11 އަށް އަރާފައެވެ.
މި ވޭދަނަތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ސިއްހީ މަރުކަޒުން އަންނަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް