ލުބުނާނާއި އިސްރާއީލު ގުޅޭ ބޯޑަރުގެ ސަރަހައްދުގައި ވަރުގަދަ ހަަމަލާތަކެއް

އިސްރާއީލުން ދެކުނު ލުބުނާނަށް އަމާޒުކޮށް ރޮކެޓު ހަމަލާތަކެއް ދީފިއެވެ.އިސްރާއީލުން ބުނީ މި ހަމަލާތައް ދިނީ، ލުބުނާނުން އެ ޤައުމަށް އަމާޒު ކޮށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ. ލުބުނ...

18 May 2021 | 19:08

އިސްރާއީލުން ދެކުނު ލުބުނާނަށް އަމާޒުކޮށް ރޮކެޓު ހަމަލާތަކެއް ދީފިއެވެ.އިސްރާއީލުން ބުނީ މި ހަމަލާތައް ދިނީ، ލުބުނާނުން އެ ޤައުމަށް އަމާޒު ކޮށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

ލުބުނާނުން ހޯމަ ދުވަހު އިސްރާއީލަށް ފޮނުވާލި 6 ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުގެ ސިފައިން ލުބުނާނަށް އަމާޒު ކޮށް ހަމަލާ ދީފައިވަނީ، ލުބުނާނުގެ ދެކުނުގެ ސަރަހައްދު ތަކަށެވެ. ލުބުނާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި އެއްވެސް ހަމަލާއެއް އިސްރާއީލަށް އަރާފައި ނުވާއިރު، އިސްރާއީލުން ފޮނުވި ބޮމުގެ ހަމަލާތަށް ލުބުނާނުގެ އެކި ހިސާބުތަކަށްވަނީ އަރާފައެެވެ. ނަމަވެސް މި ހަމަލާތުގެ ސަބަބުން ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ.

ލުބުނާނުގެ ސަލާމަތީ ބާރުތަކުން މައުލޫމާތު ދޭ ގޮތުގައި، އިސްރާއީލުން ދިން ހަމަލާތައް އަރާފައިވަނީ ސީދާ ކޮން ސަރަހައްދުތަކަކަށް ކަން ޔަޤީން ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.ލުބުނާނުން ހާމަ ކުރާ ގޮތުގައި އިސްރާއީލުން ވަނީ 22 އަކަށް ހަމަލާ އެ ޤައުމަށް ދީފައެވެ.ނަމަވެސް މި ހަމަލާތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ މިންވަރެއްވެސް އަދި ދެނެގަނެވިފައެއް ނުވެއެވެ.

ލުބުނާނުން އިސްރާއީލަށް ދިން ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އެއަރ ރެއިޑް ސައިރަންތައް އެ ޤައުމުގެ މިސްގާވް އާމް ކިޔާ ސަރަހައްދުގައި ވަނީ އަޅަންފަށާފައެވެ.މިއީ ފާއިތުވެ ދިޔަ ހަފްތާ ތެރޭ ދެ ޤައުމުގެ ދެމެދުގައި ހަމަލާތައް ބަދަލު ކުރެވުުނު 2 ވަނަ ފަހަރެވެ.

ބުރާސްފަތި ދުވަހު ލުބުނާނުން އުތުރު އިސްރާއީލަށް އަމާޒުކޮށް 3 ރޮކެޓު ހަމަލާ ފޮނުވާލާފައި ވާއިރު، މި ހުރިހާ ހަމަލާއެއްވެސް ވަނީ އިސްރާއީލުގެ ސަރަހައްދު ފަހަނައަޅާ މެޑިޓިރޭނިއަން ކަނޑަށް އަމާޒު ވެފައެވެ. އަދި މިއިން އެއްވެސް ހަމަލާއެއްގައި އިސްރާއީލަށް އެއްވެސް ގެއްލުމެއް ލިބިފައެެއް ނުވެއެވެ.

2006 ވަނަ އަހަރު އިސްރާއީލާއި ޙިޒްބުﷲ ޖަމާއަތުގެ "ގޫރިލާ" މުޖާހިދުންނާއި ދެމެދު ވަރުގަދަ ހަނގުރާމަ އެއް ހިނގާފައި ވާއިރު، ޙިޒްބުﷲ ގެ ބާރު އުތުރު ލުބުނާނުގައި ގަދަކަން ފާހަގަ ކޮށްލެވެއެވެ.ނަމަވެސް އެ ހަނގުރާމައަށް ފަހު، އިސްރާއީލާއި ލުބުނާނާއި ގުޅޭ ބޯޑަރުގެ ސަރަހައްދުގައި މިފަދަ ހަމަލާތަކެއް ބަދަލު ކޮށްފައެއް ނުވެއެވެ.މިއީ އޭގެ ފަހުން ދެ ޤައުމުގެ ބޯޑަރު ގުޅޭ ސަރަހައްދުގައި މި ގޮތަށް ހަމަލާ ބަދަލު ކުރެވޭ ފުރަތަމަ ފަަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް