އާޓިފިޝަލް ބީޗްގައި ބޮޑު ވަޅުގަނޑެއް ކޮނެގެން އެރެން އުޅުނު މީހަކު ފުލުހުން ހުއްޓުވައިފި

އާޓިފިޝަލް ބީޗްގައި ބޮޑު ވަޅުގަނޑެއް ކޮނެގެން އެ ވަޅުގަނޑަށް އެރެން އުޅުނު މީހަކު ފުލުހުން ހުއްޓުވައި އެމީހާ ލައްވާ އެ ވަޅުގަނޑަށް ވެލި އަޅުވައިފި އެވެ. މަންޒަރު ދުށް މީހަކު ދުވަހަށް މައުލޫމާތު ދެމުން...

19 May 2017 | 17:55

އާޓިފިޝަލް ބީޗްގައި ބޮޑު ވަޅުގަނޑެއް ކޮނެގެން އެ ވަޅުގަނޑަށް އެރެން އުޅުނު މީހަކު ފުލުހުން ހުއްޓުވައި އެމީހާ ލައްވާ އެ ވަޅުގަނޑަށް ވެލި އަޅުވައިފި އެވެ.

މަންޒަރު ދުށް މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ އޭނާ މިރޭ މަގްރިބް ނަމާދު ވަގުތުން ފެށިގެން އެ ވަޅުގަނޑު ކޮންނަމުން ދިޔަ ކަމަށާއި އެ ވަޅުގަނޑު ކޮންނަނީ އޭނާ "ސްޓްރެސް ފިލުވާލަން" ކަމަށް ފުލުހުން ގާތު ބުނި ކަމަށެވެ.

"އަހަރެމެންނަށް އެ މަންޒަރު ފެނިގެން ގޮސް އެހީ އެމީހާ ގާތު ކީއްތޯ ތި ކުރަނީ، އެއްވެސް ޖަވާބެއް ނުދިން، އެތާހުރި ބޭރު މީހަކު އައިސް ބުނީ އެއުޅެނީ އަމިއްލައަށް މަރުވާން ކަން ނޭނގެއޭ، ދެން އެމީހާ ބުނީ ނޫނެކޭ ބޭރުމީހާ ވަޅުލާށޭ މިއުޅެނީ، ދެން އަހަރެމެން ފުލުހުންނަށް ގުޅީ" މަންޒަރު ދުށް އެކަކު ދުވަހަށް މައުލޫމާތު ދެމުން ބުންޏެވެ.

ނަމަވެސް ފުލުހުން އެ ސަރަހައްދަށް ގޮސް ސުވާލު ކުރުމުން، ކޮންނަމުން ދިޔަ އެ ވަޅުގަނޑަކީ އެމީހާ "ސްޓްރެސް ފިލުވާލަން" ކޮނުނު ވަޅުގަނޑެއް ކަމުގައި ބުނެފައިވާކަމަށްވެސް އެތާނގައި ހުރި މީހާ ކިޔާދިނެވެ.

މަންޒަރު ދުށް އިތުރު މީހަކު ބުނީ އެއީ 25 އަހަރުން މަތީ ފިރިހެނެއް ކަމަށާއި އެމީހާ ލައިގެން ހުރީ ބޮކްސާ އެކަނި ކަމަށެވެ. އަދި ވަޅު ކޮނުނީ އަތުން ކަމަށާއި އެމީހާގެ ކަރު ފޮރުވޭވަރަށް ފުންކޮށް ވަޅު ކޮނެފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް