'ޑޭޓް' ގޯސްކޮށް ދިޔައީތީ އަންހެންމީހާ ގޮވައިގެން ކޯޓަށް

ޓެކްސަސްގެ ރައްޔިތެއް ކަމަށްވާ ބްރޭންޑަން ވެޒްމާ އޭނާއާއި އެކު ޑޭޓަކަށް ދިޔަ އަންހެން މީހާ ގޮވައިގެން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ. ބްރޭންޑަން ބުނާ ގޮތުގައި އެ އަންހެންމީހާ އެދެމީހުން ބަލަންތިބި ...

19 May 2017 | 14:35

ޓެކްސަސްގެ ރައްޔިތެއް ކަމަށްވާ ބްރޭންޑަން ވެޒްމާ އޭނާއާއި އެކު ޑޭޓަކަށް ދިޔަ އަންހެން މީހާ ގޮވައިގެން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ބްރޭންޑަން ބުނާ ގޮތުގައި އެ އަންހެންމީހާ އެދެމީހުން ބަލަންތިބި ފިލްމުގެ މެދުތެރެއިން މެސެޖެއް ކުރުމަށްފަހު އޭނާ އެތާނގައި ބައިންދާފައި ދިޔައީ އެވެ. އެހެންވެ އޭނާ ކޯޓުން އެދިފައި ވަނީ އެ އަންހެންމީހާގެ އަތުން ފިލްމުގެ ޓިކެޓްގެ އަގު ހޯދަދިނުމަށެވެ.

އެދެމީހުން ދިމާވީ ފޭސްބުކުން ކަމަށާއި އެދެމީހުން ދިޔައީ މޭ 6 ގައި އެޅުވި "ގާރޑިއަން އޮފް ދަ ގެލެކްސީ ވޮލިއުމް 2" ބަލަން ކަމަށް ބްރޭންޑާން ވަނީ އެމެރިކާގެ ސްޓޭޓްސްމަން ކައިރީ ބުނެފަ އެވެ.

35 އަހަރުގެ މި އަންހެން މީހާ ފިލްމް ކުރިއަށް ދިޔައިރު މެސެޖް ކުރުން ހުއްޓާލުމަށް ބުނުމުން ބީރު ކަންފަތެއްދީ އެންމެ ފަހުން ފިލްމު ދޫކޮށް އޭނާ އެކަނި ކޮށްލާފައި ދިޔައީ ކަމަށްވެސް ބްރޭންޑަން ވަނީ ބުނެފަ އެވެ.

އެ އަންހެން މީހާ ޓެކްސަސްގެ ނޫހަކަށް މަޢުލޫމާތު ދިން ގޮތުގައި އޭނާ ކައިރިން އޭގެ އަނެއް ދުވަހު ބްރޭންޑަން ޓިކެޓްގެ ލާރިދިނުމަށް ބުނި ކަމަށާއި އެހެންނަމަވެސް އޭނާ ލާރި ނުދިނީ އެއީ ޑޭޓަކަށް ވާތީ އެވެ.

ޑޭޓަކި އާއްމުކޮށް ފިރިހެން ކުދިން ހަރަދުކޮށްގެން އަންހެން ކުދިންނަށް ކާންދޭން ނުވަތަ ފިލްމެއް ދައްކާލުމަށް ގެންދިއުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް