ތުރުކީއިން ސީރިޔާ ހަނގުރާމާގައި ހާލުގައި ޖެހުނު ކުޑަކުދިންނަށް ސިޓީއެއް ބިނާކޮށްފި

ސީރިޔާގައި ހިނގަމުން އަންނަ ހަނގުރާމާގައި ހާލުގައި ޖހިފައި ތިބި ކުޑަކުދިންނަށް ހާއްސަ ސިޓީއެއް ތުރުކީއިން ބިނާ ކޮށްފި އެވެ. މި ސިޓީއަކީ އެ ކުދިންނަށް ބޯހިޔާވަހިކަމުގެ އިތުރުން ޢިލްމު އުގެނުމުގެ ފުރުސަ...

19 May 2017 | 14:34

ސީރިޔާގައި ހިނގަމުން އަންނަ ހަނގުރާމާގައި ހާލުގައި ޖހިފައި ތިބި ކުޑަކުދިންނަށް ހާއްސަ ސިޓީއެއް ތުރުކީއިން ބިނާ ކޮށްފި އެވެ.

މި ސިޓީއަކީ އެ ކުދިންނަށް ބޯހިޔާވަހިކަމުގެ އިތުރުން ޢިލްމު އުގެނުމުގެ ފުރުސަތު ހޯދަދިނުމަށް ބިނާ ކުރި ސިޓީ އެކެވެ.

ތުރުކީގެ ރޭހަންލީގައި ހަދާފައިވާ މި ސިޓީގައި 990 ކުދިންގެ ބޯހިޔާވަހިކަމުގެ ޖާގަ ހުންނާނެކަމަށް ތުރުކީގެ މީޑިޔާތަކުން ވަނީ ހާމަކޯށްފަ އެވެ. އެކުދިން ތިބޭނީ 55 ވިލާތަކުގައި ކަމަށާއި ދެ ސްކޫލަކާއި މިސްކިތެއްގެ އިތުރުން ކުޅިވަރަށް ހާއްސަ ތަންތަންވެސް ގާއިމްކޮށްފައި ވާކަމަށް މީޑިޔާތަކުން ހާމަކުރެއެވެ.

ތުރުކީގެ ސަރުކާރުންނާއި އަމިއްލަ ދެ ޖަމްއިއްޔާއެއް ކަމަށްވާ އައިއައިއެޗް ހިޔުމަން ރިލީފް ފައުންޑޭޝަން އާއި އާރްއޭއެފް (ގަތަރްސް ޝެއިޚް ތާނީ ބިން އަބްދުﷲ ފައުންޑޭޝަން)ގެ އެހީގައި ހަދާފައިވާ މި ސިޓީ ނިންމާފައި ވަނީ ދެ އަހަރު ތެރޭގަ އެވެ.

މިހާތަނަށް ސީރިޔާގެ ހަނގުރާމައިގެ ސަބަބުން ރެފިއުޖީން ގެ ގޮތުގައި 2.3 މިލއަން ކުޑަކުދިން އުޅޭކަމަށް ޔުނިސެފުން ހާމަކޮށްފައި ވާއިރު ތުރުކީއިން މިހާރުވެސް ދަނީ 800،000 ކުދިންނަށް ތަޢުލީމުގެ ފުރުސަތު ދެމުންނެވެ.

ސީރިޔާގައި ހާލުގައި ޖެހިފައިވާ ކުދިންނަށް ހާއްސަކޮށްގެން ހަދާފައިވާ މި ސިޓީއަށް ވަނީ "އޯފަންސް ސިޓީ"ގެ ނަމުން ނަންދީފަ އެވެ.ާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް