ނެސްކެފޭ ޓޭކްއަވޭ ކޮފީ ޝޮޕެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ނެސްކެފޭ އަލްގްރިއާ ލައުންޖްގެ ނަމުގައި ޓޭކް އަވޭ ކޮފީ ޝޮޕެއް އައިޖީއެމްއެޗްގައި ހުޅުވައިފި އެވެ. މި ކޮފީ ޝޮޕްއަކީ ލިލީ އިންޓަނޭޝަނަލް ގެ ފަރާތުން އައިޖީއެމްއެޗްގައި ހުޅުވަފައިވާ ކޮފީ ޝޮޕެކެވެ. އައިޖީ...

18 May 2017 | 19:10

ނެސްކެފޭ އަލްގްރިއާ ލައުންޖްގެ ނަމުގައި ޓޭކް އަވޭ ކޮފީ ޝޮޕެއް އައިޖީއެމްއެޗްގައި ހުޅުވައިފި އެވެ.

މި ކޮފީ ޝޮޕްއަކީ ލިލީ އިންޓަނޭޝަނަލް ގެ ފަރާތުން އައިޖީއެމްއެޗްގައި ހުޅުވަފައިވާ ކޮފީ ޝޮޕެކެވެ.

އައިޖީއެމްއެޗްގެ މައި ދޮރާއްޓާ ދިމާލުން ކަނާތްފަރާތަށް ވާގޮތަށް ހަދާފައިވާ މި ކޮފީ ޝޮޕް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 ޔަކުން ރޭގަނޑު 12:00 އަށެވެ. ނަމަވެސް ކޭކް ވިއްކަން ފެށުމުން ހެނދުނު ހުޅުވާ ގަޑިއަށް ބަދަލު ގެނެސް ހެނދުނު 6:00 ޖަހާއިރުއެވެ.

މި ކޮފީ ޝޮޕުން ރާއްޖޭގައި އާންމުކޮށް ލިބެން ހުންނަ ނެސްކެފޭ ކޮފީގެ ހުރިހާ ވައްތަރެއް ވެސް ލިބެން ހުންނާނެ ކަމަށާއި މީގެ އިތުރުން ފްރެޝް ޖޫހުގެ ބާވަތްތަކާއި މިލްކް ޝޭކް އަދި މޮކްޓެއިލްސް ގެ ވައްތަރުތައް ލިބެން ހުންނާނެ ކަމަށް ލިލީން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ސީކުރެޓް ރެސިޕީ އާ ގުޅިގެން އެތަނުގައި ކޭކް ވެސް ވިއްކަން ފަށާނެ ކަމަށް ލިލީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް