ހައްޖާ އުމްރާ ތަކާފުލް ޕްލޭން އިފްތިތާހުކޮށްފި

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް އިންޝުއަރެންސް ގޮފި، އަޔާދީ ތަކާފުލުން، ހައްޖާއި އުމުރާ އަށް ދާ މީހުންނަށް އަމާޒުކޮށް، އިންޝުއަރެންސް ނިޒާމެއް މިއަދު ތައާރަފުކޮށްފި އެވެ. މޯލްޑިވްސް ހައްޖު ކޯޕަރޭ...

19 May 2015 | 09:32

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް އިންޝުއަރެންސް ގޮފި، އަޔާދީ ތަކާފުލުން، ހައްޖާއި އުމުރާ އަށް ދާ މީހުންނަށް އަމާޒުކޮށް، އިންޝުއަރެންސް ނިޒާމެއް މިއަދު ތައާރަފުކޮށްފި އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ކުރިއަށް ގެންދާ އެ ނިޒާމް އިފްތިތާހު ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އެވެ.

އާ އިންޝުއަރެންސް ނިޒާމުން 100،000.ރ ގެ ކަވަރޭޖެއް ލިބޭ އިރު، އެ އިންޝުއަރެންސް ސްކީމްގައި ބައިވެރިވުމަށް ހައްޖަށް ދާ މީހަކު ނަމަ 1000.ރ އަދި އުމްރާއަށް ދާ ނަމަ 850. ރ ދައްކަން ޖެހެ އެވެ.

ހައްޖު ކޯޕަރޭޝަންގެ އިތުރުން ރާއްޖޭން މީހުން ހައްޖަށާއި އުމްރާއަށް ގެންދާ އެހެން ކުންފުނިތަކަށްވެސް މި ސްކީމްގައި ބައިވެރިވެވެ އެވެ.

މި ސްކީމްގެ ދަށުން ހަށިގަނޑަށް ލިބޭ ގެއްލުމާއި ސިއްހީ ގޮތުން އަވަސް ފަރުވާ ހޯދުން ފަދަ ފަސޭހަތައް ލިބޭ އިރު ޗެކިން ކޮށްފައި ހުންނަ ފޮށްޓާއި ޕާސްޕޯޓާއި ފައިސާ އަދި އަގުހުރި ތަކެތި ގެއްލިއްޖެ ނަމަ އެކަން ވެސް ކަވަރުކޮށްދެ އެވެ.

އޭގެ އިތުރުން ގާނޫނީ ގޮތުން އެހެން ފަރާތަކަށް ބަދަލެއް ދޭން ޖެހިއްޖެ ހާލަތެއްގައި އެކަން ކަވަރުކޮށްދިނުމުގެ ބައެއް ވެސް ނިޒާމު ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް