ސަބްވޭއަށް ބޭނުންވާ ކަނޑުމަސް ފޯރުކޮށްދޭން މިފްކޯއާއި ހަވާލުކޮށްފި

ދުނިޔޭގެ މަޝްހޫރު ފާސްޓްފުޑް ޗެއިން، ސަބްވޭ އަށް ބޭނުންވާ ކަނޑު މަސް ސަޕްލައިކޮށްދިނުމަށް މިފްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މިފްކޯއިން ބުނީ އެއްބަސްވުމުގެ ދަށުން އެކްސްޕޯޓުކުރާ މަހުގެ އަދ...

19 May 2015 | 09:28

ދުނިޔޭގެ މަޝްހޫރު ފާސްޓްފުޑް ޗެއިން، ސަބްވޭ އަށް ބޭނުންވާ ކަނޑު މަސް ސަޕްލައިކޮށްދިނުމަށް މިފްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިފްކޯއިން ބުނީ އެއްބަސްވުމުގެ ދަށުން އެކްސްޕޯޓުކުރާ މަހުގެ އަދަދު މަދު ނަމަވެސް މިފަދަ ނަން މަޝަހޫރު ފުޑް ޗެއިނަކުން ތިމާވެއްޓާ އެންމެ ރައްޓެހި މަސްވެރިކަމެއް ގޮތުގައި ދިވެހި މަސްވެރިކަން ބަލައިގަތުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެކެވެ. އަދި މި އެއްބަސްވުމުގެ ދަށުން ސަބްވޭއިން މަސްގަތުމަށް ހަމަޖެހިފައި ވަނީ މިހާރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރިވަރާ އަޅާބަލާއިރު ރަނގަޅު އަގެއްގަ އެވެ.

މިފްކޯއިން ބުނީ މި އެއްބަސްވުމާއި ހަމައަށް އާދެވިފައިވަނީ ސަބްވޭގެ ކަމާބެހޭ ބޭފުޅުން ރާއްޖެ ވަޑައިގެން މަސްވެރިކަމުގައި ބައިވެރިވެ ދޮށީގެ މަސްވެރިކަން ކުރާގޮތް ބައްލަވައި މިފްކޯގެ ފެކްޓަރީ އާއި އޮޑިދޯނިފަހަރު ޗެކް ކުރުމަށް ފަހުގަ އެވެ.

މި އެއްބަސްވުމުގެ ދަށުން މިފްކޯއިން ފޯރުކޮށްދޭ މަހުގެ އުފްއްދުންތައް އުތުރު އެމެރިކާގެ ސަބްވޭގެ 2000 އާ ގާތްކުރާ ވަރުގެ ސަބްވޭ އައުޓްލެޓްތަކުގައި ލިބެން ހުންނާނެ ކަމަށް މިފްކޯއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް