ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާޜި ކުރަމުންދިޔަ ހަތަރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ހަތަރު މީހަކު މަސްތުވާތަކެއްޗާއެކު ގެސްޓް ހައުސްއެއްގެ ތެރެއިން ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓ...

19 May 2015 | 07:24

ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ހަތަރު މީހަކު މަސްތުވާތަކެއްޗާއެކު ގެސްޓް ހައުސްއެއްގެ ތެރެއިން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްއެގެ ތެރެއިން އެ މީހުން ހައްޔަރު ކުރީ އިއްޔެ ހަވީރު 04:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކުރިއިރު ތިބި ކޮޓަރި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި ބަނގުރާ ހުސްކޮށްފައިހުރި ދެފުޅީގެ އިތުރުން މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުން ކުރާ ޒާތުގެ ބްލެޓް ސައިޒުގެ ހުސް ރަބަރު ކޮޅުތަކަކާއި ކުޑަ ކައްޓާއެއް ފެނިފައިވާ ކަމަށެވެ.

ހައްޔަރު ކުރި ހަތަރު މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ގިނައަދަދެއްގެ ރެކޯޑްސް އޮންނަ ބައެއް ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް