ފުލުހަކަށް ހަމަލާދިން މައްސަލައިގަ 14 ވަނަ މީހަކު ހައްޔަރުކޮށްފި

މޭ މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލަދިން މައްސަލައިގަ 14 ވަނަ މީޙަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މޭޑޭގެ މުޒާހަރާއާ...

19 May 2015 | 06:55

މޭ މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލަދިން މައްސަލައިގަ 14 ވަނަ މީޙަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މޭޑޭގެ މުޒާހަރާއާ ގުޅިގެން ރޭ ހައްޔަރު ކުރީ އުމުރުން 51 އަހަރުގެ މީހެއް ކަމަށެވެ. އެ މީހާ ހައްޔަރު ކުރީ ރާއްޖޭން ބޭރުން އައި ފުލައިޓަކުން ރާއްޖެ އައިސް، އައިއެންއައިއޭގައި ހުއްޓައި ރޭ 08:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ ކޯޓުން އަމުރެއްގެ ދަށުންނެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މެއި އެއް ވަނަ ދުވަހު ކުރި މުޒާހަރާގައި ފުލުހަކަށް އަނިޔާކުރި މައްސަލައިގަ އިތުރު ތިން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް