ރ. އިފުރުގައި ހަދަމުން އަންނަ ސަރަހައްދީ އެއާޕޯޓަށް މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ރަސްމީ ދަތުރުތައް އިފުރު އެއާޕޯޓަށް ފަށަން ނިންމާފައިވާ ކަމަށެވެ. އިފުރު އެއާޕޯޓަށް އެއްކޮޅު ޓިކެޓް 777 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާއިރު ދެކޮޅު ޓިކެޓް ވިއްކަން ނިންމާފައި ވަނީ 1554 ރުފިޔާއަށެވެ.
އިފުރު އެއާޕޯޓު ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ،
1200 މީޓަރުގެ ރަންވޭއެއް އޮންނަ އިފުރު އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދަނީ ކޯސްޓްލައިން ކުންފުނިން ނެވެ.
އެރަށް ތަރަައްގީ ކުރުމުގެ މަސައްކަތް އިފުރު އިންވެސްޓްމަންޓާ ހަވާލުކުރީ ރިސޯޓް ތަރައްގީ ކުރުމަށް ތިން ރަށް ދޭ ގޮތަށް މެއި، 2011ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް